ރައްޔިތިންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
ރައްޔިތިންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
ބ. ބޮޑުފިނޮޅުގައި ރޭ ހިނގި ހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަން ނިންމައިފިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ފިނޮޅުގައި ހިނގައިދިޔަ ކަންކަން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށާއި ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ އެ ކޮމިޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.



ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންތަކެއް ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ރިޒްގެ ވަކީލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންގެ މުސާރަ އާއި ކެއުންބުއިމުގެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ ސީލް ކުންފުނިން ކަމަށެވެ. އެގޮތުން ދިވެހިންނާއި ބިދޭސީންނާއެކު 200 އެއްހާ މީހުން ލައްވައި ބޮޑުފިނޮޅުގައި މަސައްކަތް ކުރުވާ އިރު، މަސައްކަތު މީހުންނަށް މަހަކު 7،000 ރުފިޔާގެ މުސާރައަކާއި ކެއިންބުއިމަށް ދުވާލަކަށް 40 ރުފިޔާ ދޭން، ސީލް އިން އެއްބަސްވެފައިވާ ކަމަށް ވެސް ރިޒްގެ ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.

އެވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒްއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް އިން ރިޒް އަށް ދައްކަންޖެހެނީ ޖުމްލަ 12،332،765 ރުފިޔާ ކަމަށެވެ. ނަމަވެސް ސީލްގެ ފަރާތުން ރިޒް އަށް ދައްކާފައިވާ ފައިސާތައަށް ބަލާއިރު މިހާތަނަށް 21,773,338 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ. އޭގެ އިތުރުން އެކަން އިތުރަށް ބެލި ބެލުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފުންގެ އިންޝުއަރެންސްގެ ކަންކަން ވެސް ރިޒްގެ ފަރާތުން ފުރިހަމަ ކޮށްފައިނުވާ ކަމަށާއި ވޯކް ވިސާ ވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ އަތުގައި ނެތްކަން ސީލްއަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ރޭ ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ސިފައިންވެސް ވަނީ ބައިވެރިވެފަ އެވެ. މި އޮޕަރޭޝަނުގައި 19 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން