ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް 61 ކިލޯގެ ހެރޮއިންގެ އަގު 72 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އިތުރުން މެރިން ޕޮލިހުން ހިންގި ނުވަ ދުވަހުގެ އޮޕަރޭޝަނެއްގައި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ކޮމިޝަނާ ހަމީދު ވިދާޅުވީ ހައްޔަރުކުރި 11 މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ މަސް ދޯންޏަކުން ކަމަށެވެ. ބާކީ ތިބި މީހުން ހައްޔަރު ކުރީ މާލެ އާއި ހުޅުމާލެއިން ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ޖެނުއަރީމަހު މާލޭގެ 10 ގެއެއް ފާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

After 9 days of good police work, our Drug Intelligence, Operations team of DED and Marine Police have successfully seized 61.06 kgs of heroin (valued approx.MVR 72 million) and arrested 11 Maldivians (7 on a fishing vessel and 4 from Male’ and HulhuMale’). #highimpactcrime pic.twitter.com/BBqZdSSVV3
— Mohamed Hameed (@M_Hameedh) March 26, 2020
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ޖެނުއަރީމަހު މާލޭގެ 10 ގެއެއް ފާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު