އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 61 އަހަރުގެ މީހަކު ރާއްޖޭގެ ދެކުނުގެ ރަށަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ފުލުހުންގެ ދެކުނު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށައެޅުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކުއްޖާގެ އައިޑެންޓިޓީގެ ރައްކާތެރިކަމަށްޓަކައި އެ މައްސަލަ ހިނގި ރަށުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ގެންދަނީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން