ބޮޑު ފިނޮޅު މައްސަލަ ޙައްލު ކުރުމުގައި ފުލުހުން ޙަރަކާތްތެރިވަނީ
ބޮޑު ފިނޮޅު މައްސަލަ ޙައްލު ކުރުމުގައި ފުލުހުން ޙަރަކާތްތެރިވަނީ
ބޮޑުފިނޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ބޮޑުފިނޮޅުން އިއްޔެ ހައްޔަރުކުރި 19 ބިދޭސީންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މިއަދު 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންތަކެއް ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ރިޒްގެ ވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒްއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް އިން ރިޒް އަށް ދައްކަންޖެހެނީ ޖުމްލަ 12،332،765 ރުފިޔާ ކަމަށާއި، ނަމަވެސް ސީލްގެ ފަރާތުން ރިޒް އަށް މިހާތަނަށް 21,773,338 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން