ބ. ބޮޑުފިނޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޭބާ އޮތޯރިޓީ އަދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން އެ ރަށުގައި ހަރަކާތެރިވަމުން އެބަދެއެވެ.
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންތަކެއް ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ.
ކަމާ ބެހޭ ފަރާތްތަކުން ދަނީ އެރަށުގައި ތިބި ބިދޭސީންނާއި ބައްދަލުކޮށް މައުލޫމާތު ސާފުކުރަމުންނެވެ. އަދި ޕީއައިއެލްސީން އެރަށުގައި ހަރަކާތެރިވަމުން ދަނީ ބިދޭސީންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ ޖަމްއިއްޔާއަކުން ހަރަކާތްތެރި ވަމުންދާއިރު، އެރަށުގައި ތިބި ބިދޭސީންގެ ތެރެއިން ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 19 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުން ކޯޓަށް ހާޒިރުކޮށް، ބަންދަށް ވަނީ 15 ދުވަސް ވެސް ޖަހާފައެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ރިޒްގެ ވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒްއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް އިން ރިޒް އަށް ދައްކަންޖެހެނީ ޖުމްލަ 12،332،765 ރުފިޔާ ކަމަށާއި، ނަމަވެސް ސީލްގެ ފަރާތުން ރިޒް އަށް މިހާތަނަށް 21,773,338 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ.

Our team is on site at #Bodufinolhu and have set up a temporary desk to consult and provide legal aid to migrant workers on the island.
— Public Interest Law Centre (@pilcmv) July 4, 2020
We thank the Bangladesh High Commision for providing translation assistance. #WorkersFirst pic.twitter.com/xkfb3CdH5I
ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ ޖަމްއިއްޔާއަކުން ހަރަކާތްތެރި ވަމުންދާއިރު، އެރަށުގައި ތިބި ބިދޭސީންގެ ތެރެއިން ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 19 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުން ކޯޓަށް ހާޒިރުކޮށް، ބަންދަށް ވަނީ 15 ދުވަސް ވެސް ޖަހާފައެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ރިޒްގެ ވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒްއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް އިން ރިޒް އަށް ދައްކަންޖެހެނީ ޖުމްލަ 12،332،765 ރުފިޔާ ކަމަށާއި، ނަމަވެސް ސީލްގެ ފަރާތުން ރިޒް އަށް މިހާތަނަށް 21,773,338 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު