ކޯވިޑް-19 އާ ގުޅިގެން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވިލިމާލޭގެ މަގުތައް ކްލޮރިން ފެނުން ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފާއި ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
މާލޭސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލަރ ޙަމްނާ ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފް އާއި ޕޮލިސްގެ އެހީތެރިކަމާއެކު ވިލިމާލޭގެ މަގުތައް ކްލޮރިން ފެނުން ދޮވުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
މީގެ ކުރިން މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ވަނީ މާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމަށް މާލޭގެ މަގުތައްވެސް ކްލޮރިން ފެނުން ދޮވެފައެވެ. މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ.
އަދި އެޗްޑީސީން ވަނީ މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފާއި ގުޅިގެން ހުޅުމާލޭގެ މަގުތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތް ކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު