ގެފުޅު: މައްކާ އާއި މަދީނާ އަދި ސަޢުދީގެ ވެރިރަށް ރިޔާޛް ވަނީ ލޮކްޑައުން ކޮށްފަ
ގެފުޅު: މައްކާ އާއި މަދީނާ އަދި ސަޢުދީގެ ވެރިރަށް ރިޔާޛް ވަނީ ލޮކްޑައުން ކޮށްފަ
މުސްލިމުންގެ މުޤައްދަސް ބިންތައް ކަމަށްވާ، މައްކާ އާއި މަދީނާ އަދި ސަޢުދީގެ ވެރިރަށް ރިޔާޛް ލޮކްޑައުން ކޮށްފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މާތްވެގެންވާ މައްކާ އާއި މަދީނާ އަދި ރިޔާޛް ފުރަބަންދު ކުރުމަށް އަންގަވާފައިވަނީ ސަޢުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒެވެ.

މި 3 ސިޓީއަށް ވަދެ ނުކުތުން މަނާ ކޮށްފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން ރަސްގެފާނު ވަނީ ސަޢުދީ އަރަބިއްޔާގެ 13 ޕްރޮވިންސެއްވެސް ބަންދު ކޮށް މީހުން އެއް ތަނުން އަނެއް ތަނަށް ނުދިއުމަށް އަމުރު ކުރައްވާފައެވެ.

ކޯވިޑް-19 ޖެހިގެން ސައުދީން ވަނީ 2 މީހަކު މަރުވެފައެވެ. އެގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދަކީ 900 އެވެ. އަދި މިބަލި ޖެހުނު 29 މީހަކަށް ވަނީ ފަރުވާ ދެވި ބަލިން ރަނގަޅު ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން