ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ (ކ) ޔޫއޭއީގެ އެންވަޔަރަމަންޓް މިނިސްޓަރު (ވ) އާއި އެކު
ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ (ކ) ޔޫއޭއީގެ އެންވަޔަރަމަންޓް މިނިސްޓަރު (ވ) އާއި އެކު
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް މަރްޔަމް ބިންތު މުޙައްމަދު އަލް މުހެއިރީ، ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް މަރްޔަމް ބިންތު މުޙައްމަދު އަލް މުހެއިރީ މި މަހު 17 އިން 18 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން، އެންވަޔަރަމަންޓް މިނިސްޓްރީގައެވެ.

ޔޫ.އޭ.އީ.ގެ ވަޒީރުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއެކު ބޭއްވި ބައްދަލުވުމުގައި، ތިމާވެއްޓާއި ކްލައިމެޓް ޗޭންޖުގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، މުރަކަ ދިރުވާ އާލާކުރުމާއި، ދެ ގައުމުގެ ގުޅުން ހުރި މުއައްސަސާތަކުގެ މެދުގައި ގުޅުންބަދަހިކުރަން މަސައްކަތް ކުރުން ހިމެނެއެވެ.

މި ދަތުރުފުޅުގައި، މިއަދު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއާއި ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޔޫ.އޭ.އީ. އާއި ދިވެހި ސަރުކާރާ ދެމެދު ދަނޑުވެރިކަމާއި ފުޑް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އޮން އެންހޭންސިންގ ފުޑް ސެކިއުރިޓީ" ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކަމަނާގެ މިދަތުރުފުޅުގައި މިއަދު ރާއްޖޭގެ ރައީސުލްހުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން