އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
ފެނިގެން އެދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިމުފާނުގެ ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ފަދަ މަންޒަރެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއިދުކުރާ މަޖިލިސް މެންބަރުންނާއި ޕާޓީގެ ބައެއް އިތުރު މެންބަރުން ޕާޓީން ވަކިވުމާއި ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ މިއަދު ފެނިގެން އެދިޔައީ އެ ނަޝީދުގެ ވެރިކަމުގައި ކެބިނެޓްގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވި ކަހަލަ މަންޒަރެއް ތަކުރާރިވިތަން ކަމަށެވެ. އެ ދުވަހުވެސް ރައީސް ނަޝީދު އިސްތިއުފާ ނުދެއްވާ ކަމަށާއި، މިއަދުވެސް އިސްތިއުފާ ނުދެއްވާ "އައުވާނުން" ލައްވާ އެކަން ކުރުވައި އެމީހުން ކުރިއަށް ނެރުއްވީ ކަމަށެވެ.

މެންބަރު ޝަރީފް އިޝާރާތްކުރައްވާފައި އެވަނީ 2012 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް އެއިރު އިދިކޮޅުން ހިންގި ހަރަކާތްތަކާ ގުޅިގެން ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ދެއްވާ ފަހުން ރައީސް ނަޝީދު ވެސް އިސްތިއުފާ ދެއްވި ހާދިސާއަށެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާޢީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ޕާޓީގެ އިސް ބައެއް މެމްބަރުން އެމްޑީޕީން ވަކިވާން ވަނީ ސިޓީ ހުށަހަޅާފައެވެ.

އެމްޑީޕީން ވަކިވާން ހުށަހެޅި މަޖިލިސް މެމްބަރުންގެ އަދަދު 12 އަށް އަރައެވެ.

އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނަވާފައި މިވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެެއް ހަދައިގެން މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކަކަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން