މީހުން ދިރިއުޅޭ 4 ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
ދިވެހިރާއްޖެއިން އިއުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން ނ.ލަންދޫ، ތ.ބުރުނީ، ތ. މަޑިފުށި އަދި ތ.ވިލުފުށީގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކޮށްދޭނެ ފަރާތެއް ކަނޑައަޅައި، 9 މެއި 2023 ގައި މިމަސައްކަތް ކުރުމަށް ހޮވުނު ފަރާތްކަމުގައިވާ ޗައިނާގެ "އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް" އަށް ވަނީ މަސައްކަތް އެވޯޑްކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ނ. ލަންދޫ، ތ. މަޑިފުށި އަދި ތ. ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 30 ޓަނުގެ ސްޓޯރޭޖާއެކު 15 ޓަނުގެ އައިސްޕްލާންޓް، ޤާއިމުކުރެވޭނެއެވެ. އަދި ތ. ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓަކާއެކު 15 ޓަނުގެ ސްޓޯރޭޖެއް ޤާއިމުކުރެވޭނެއެވެ.
މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ކޮންޓްރެކްޓް ހިނގަންފަށާ ދުވަހުން ފެށިގެން 240 ދުވަހެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،773،242.93 (އެއްމިލިއަން ހަތްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ ސާޅީސް ދެ އެމެރިކާ ޑޮލަރު ނުވަދިހަ ތިން ސެންޓް) އަށެވެ.

ކިޔުންތެރިންގެ ހިޔާލު