ނަވައި ނަވައިގެ އިސް ޙަރަކާތްތެރިން
ނަވައި ނަވައިގެ އިސް ޙަރަކާތްތެރިން
ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ، ގެންގުޅުނު މައްސަލައިގައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރު މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އެކައުންޓުތައް ފްރީޒްކޮށް، އެ މީހުންނަށް މުސާރަ ދޭން ނަވާނައި އިން ގޮވާލައިފި އެވެ.

ނަވާނަވައިން ނެރެނު ބަޔާނެއްގައި ބުނީ، ބިދޭސީންނަށް އުޖޫރަ ނުދީ އިންސާނީ ހައްގުތަކަށް އަރައިގަނެ މިނިވަންކަން ނަގާލުމަކީ އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ވެސް އަސަރުތައް ކުރާނެ ކަމެއް ކަމަށެވެ. ބިދޭސީންތަކަކަށް އެ ހާލު ޖެއްސި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށާއި އަލީ ރިޒާގެ އެކައުންޓްތައް ފްރީޒްކޮށް އޭނާގެ މުދާ ދައުލަތަށް ނަގައިގެން ނަމަވެސް މުސާރަ ދޭން ޖެހޭ ކަމަށް އެހަރަކާތުން ބުނެފައި ވެއެވެ. އަދި އެއަށްފަހު އޭނާއަށް ދައުވާކުރަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބޮޑުފިނޮޅު ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރެއެވެ. އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ. ރިޒާގެ ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދޭ ކަމަށް ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އިއްޔެ ބުނެފައި ވެއެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސްގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެގޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.

ބޮޑުފިނޮޅުގައި ރިޒް ކުންފުނީގެ 203 މުވައްޒަފަކު މަސައްކަތް ކުރެ އެވެ. އެ މީހުންނަށް މުސާރަ ނުދީ، މަސައްކަތް ކުރުވުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ނަވާނަވައި އިން ބުންޏެވެ. އަދި އެއީ އެ މީހުންގެ އާއިލާއަށް ދިން ނުރައްކަލެއް ކަމަށާއި، މަޝްވަރާ ކޮށްގެން، ސުލްހަވެރިކޮށް މި މައްސަލަ ހައްލުކުރަން ނަވައިނަވައި އިން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން