ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ވާނެ ގޮތުގެ މިސާލު މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން އެ އޮތީ ފެންނަން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ފިކުރެއްގެ ދިރުމަށް 50،000 މީހުން ސޮއިކޮށްފައިވާ ކަމަށާއި، ގޮފިތައް ހަދައިގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދައިދޭނެކަމަށް އަޑު ހަރުކޮށް ގޮވަމުން ދިޔަ ކަމަށެވެ. ނަމަވެސް އެކަމެއް ވެސް ނުވި ކަމަށާއި، މިހާރު ކިޔަމުންދަނީ "ފިކުރުވާނީ އެމްޑީޕީއަށް ވުރެ ބޮޑު ޕާޓީއަަކަށޭ" ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މުސްތަގުބަލުގައި ފިކުރެއްގެ ދިރުމަށް ވާނެ ގޮތުގެ މިސާލު އެމްއާރުއެމުން އެއޮތީ ފެންނަން ކަމަށެވެ. 2024 ގެ އިންތިހާބަށްފަހު ފިކުރެއްގެ ދިރުން، އެމްއާރުއެމްގެ ސައިޒުގެ ޕާޓީއަކަށް ވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްއާރުއެމްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހަތުން އެނބުރޭ ގޮތަށް ފިކުރެއްގެ ދިރުން އެނބުރޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތުން ކަމަށެވެ.
ޝަރީފް ވިދާޅުވީ ފިކުރެއްގެ ދިރުމަކީ ރާއްޖޭގެ އެންމެ ބޮޑު ދެވަނަ ސިޔާސީ ޕާޓީއަށް ވާނެކަމަށް ބައެއް "ފިކުރޭސް" މެންބަރުން ވިދާޅުވިއަސް، އެއީ އަދި ފަސޭހައަކުން ވާނެކަމެއް ނޫން ކަމަށެވެ.
އަންނަ މަޖިލިސް އިންތިހާބުގައި ގިނަ "ފިކުރޭސްގެ" ގޮނޑި ގެއްލި ޕީއެންސީ ވަރުގެ ދެތިން މަޖިލިސް މެންބަރުން ތިބޭ ކުޑަކުޑަ ޕާޓީއަކަށް ފިކުރެއްގެ ދިރުން ވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު