ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކޮށްގެން ގާއިމްކޮށްފައިވާ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބައެއް ޚިދުމަތްތައް ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއުލާން ކުރައްވާފައި ވުމާއެކު، ސަރުކާރު އޮފީސްތައް ބަންދު ކުރަން ނިންމާފައިވާ މުއްދަތު އިތުރު ކުރުމާއި ގުޅިގެން އެކްސްޕެޓް ސިސްޓަމުން ދެމުން އައި ޚިދުމަތްތައް ވެސް އެ ތާރީޚާ ހަމައަށް އިތުރު ކުރެވިފައިވާ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތުން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރަން ބޭނުންވާ ކޯޓާގެ މުއްދަތު އިތުރު ކުރުމުގެ ޚިދުމަތް ވެސް މި މުއްދަތުގައި އެކްސްޕެޓް ސިސްޓަމުން ލިބޭނެއެވެ.
ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން މެންދުރު 12:00 ހަމައަށް ޚިދުމަތް ލިބޭނެކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު