ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
ކުށެއް ކޮށްފިނަމަ ދޭސީއެއް ބިދޭސީއެއް ބެލުމެއްނެތި އަދަބުދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ވިދާޅުވީ، ކުށެއްކޮށްފިނަމަ ދޭސީއެއް ބިދޭސީއެއް ތަފާތު ކުރުމެއްނެތި ޤާނޫނީ ގޮތުން ދޭން އޮންނަ އަދަބު ދޭން ޖެހޭނެ ކަމަށާއި، ބޭރުގެ ޖަމާޢަތްތަކުން ބާރުލިބޭ ނުވަތަ ވާގިލިބިގެން މަސައްކަތް ކުރާ ބަޔަކު އެކަމާ ދެކޮޅު ހެދި ކަމުގައި ވިޔަސް ބިދޭސީންގެ ތެރެއިން ކުށްކުރާ މީހުންނަށް އަދަބު ނުދިނުމަށް ބާރުއެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވެފައި ވެއެވެ. އަދި ބޭރު ޤައުމެއްގެ ޕާސްޕޯޓް ނެތް ކޮންމެ މީހަކީ ދިވެއްސަކަށް ހެދުމަށް ވަކާލާތު ކޮށްގެން ނުވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ބިދޭސީން ތަކެއް ކުށްކުރީމާ އެމައްސަލަ ނުބަލައި އެމީހުންނަށް މުސާރަ ނުދޭ މައްސަލަ ބެލުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކުން ގޮވާލަމުންދާ ދިއުމަށް އިޝާރާތް ކުރައްވައެވެ. މިފަހަކަށް އައިސް ބިދޭސީން ރާއްޖޭގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި މުދަލާއި ތަކެއްޗަށް ގެއްލުންދިނުމުން ފަދަ އަމަލުތައް ހިންގަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ބިދޭސީންތަކެއް މިއަދުވެސް ވަނީ، ހުޅުމާލޭގައި އިހުތިޖާޖު ކޮށް، ފުލުހުންނާ ކުރިމަތިލައި، ހުޅުމާލޭގައި ހަދަމުންދާ ފުލުހުންގެ ފްލެޓްތަކަށް ގެއްލުންތަކެއް ދީފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު، ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ މުސާރަ ނުދޭކަމަށް ބުނެ، ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންވަނީ 19 ބިދޭސީން ހައްޔަރުކޮށްފައެވެ. ދިވެހީން ރަހީނުކޮށް ފުލުހުންނަށް ހަމަލާދީ ހަދާފައިވާ މި 19 މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި އެމީހުންގެ ހައްގުތައް ހޯދައިދީ އެމީހުން ދޫކޮށްލުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މިފަދަ މައްސަލަ ތަކާއި ގުޅިގެން މޫސަ ވިދާޅުވީ، މީ ދަތި ދުވަސްކޮޅެއް ކަމަށާއި، މުސާރައާއި ދިރިއުޅުމުގެ އެހެނިހެން ކަންތައްތައްވެސް ދަތި ކަމަށެވެ. އަދި ޙާލުގައި ތިބީ ބިދޭސީން އެކަނި ނޫން ކަމަށާއި، ދިވެހިންވެސް ތިބީ ވަރަށް ހާލުގައި ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް މުސާރަ ނުލިބުނުކަމަށްބުނެ ހިންގާ ހަމަނުޖެހުންތައް ބަލައި ނުގަނެވޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެތައް އަހަރެއް ވަންދެން އަތު ޖެހުނު ގޮތަކަށް ފައިސާ ހޯދި ބަންގާޅީން މިއަދު މިދަނީ މުސާރައިގެ ނަމުގަ ތަންތަން ތަޅާ ސުންނާފަތި ކުރަމުން. މިކަމަށް ތަރުހީބެއް ނުދެވޭނެ." މޫސަ ވަނީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.

ބިދޭސީންނަށް މުސާރަނުދީ މަސައްކަތް ކުރުވުމުގެ މައްސަލަތައް ބޮޑުވެފައިވާއިރު، ފުލުހުން ވަނީ ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ބަލަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މޯދި

08-Jul-2020

މޫސައަށްވެސް އަދަބު ދޭންޖެހޭނެ އެއިރުން އިންސާފު ވެރިވެވޭނީ މޫސައަކީވެސް މުސާރަނުނީ ގިނަ ބިދޭންސިން ތަކެއް މަގުމަތި ކުރި ބޭފުޅެށް



ޓްރެންޑިން