ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޢަލީ ވަޙީދު
ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޢަލީ ވަޙީދު
ދުނިޔެ އަބަދު ލޮކްޑައުން ކޮށްގެން ނުތިބެވޭނެކަމުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އ.ދ ގެ މައި ޖަމިއްޔާ ޔޫއެން ޑަބްލިޔޫ ޓީ އޯ ގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޢަލީ ވަޙީދު މިހެން ވިދާޅުވީ ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ދިވެހިރާއްޖެ ތަމްސީލުކުރައްވައި މިއަދު ދެއްކެވި ވާހަކައިގައެވެ.

އަލީ ވަޙީދުގެ ވާހަކައިގައި ދުނިޔޭގެ ހުރިހައި ޤައުމުތައް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވާ އާލާ ކުރުމަށްޓަކައި ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކޯވިޑް-19 އިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހައި ޤައުމުތަކެއް ގުޅިގެން ޑަބްލިޔޫ އެޗް އޯ ގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށް މިނިސްޓަރގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ.

މާދަމާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވަރަށްވެސް ހިތާމަވެރި ދުވަހެއްކަމަށާއި، މާދަމާއިން ފެށިގެން މިވަގުތަށް ދިވެހިރާއްޖެއަށް އޮން އަރައިވަލް ވިސާ ދިނުން މި ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން