ސަޢުދީ ޢަރަބިއްޔާ
ސަޢުދީ ޢަރަބިއްޔާ
ކޯވިޑް-19 އަށް މިއަދު އަލަށް ފައްސިވި 4،207 މީހުންނާއެކު ސައުދީ އަރަބިއްޔާގައި ބައްޔަށް ފައްސިވިމީހުންގެ ޖުމްލަ އަދަދު 213،716 އަށް އަރާފައިވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު 4،398 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ރަނގަޅުވި މީހުންގެ އަދަދުވަނީ 149،634 އަށް އަރާފައެވެ.

އަދި ބަލީގެ ހާއްސަފަރުވާގައި 2،254 މީހުން ތިބި ކަމަށް ވެސް ސައުދީ ސިއްހީ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.



ސައުދީން މިއަދު ރެކޯޑް ކުރެވުނު 52 މަރާއެކު ކޮވިޑް-19 ގައި ސައުދީއިން މަރުވި މީހުންގެ އަދަދު 1،968 އަށް މިހާރު ވަނީ އަރައިފައެވެ.

ކޯވިޑް19ގެ ސަބަބުން މިފުރަ ބަންދުގައި ސައުދި އަރަބިއްޔާއަށް މީހުންވަދެ ނުކުތުން މަނާކޮށްފައިވާއިރު މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ވެސް ބޭރުން މީހުން ނޭރުވުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން ބާއްވާނީ ސައުދީގައި މިހާރު ތިބި މީހުންގެ ތެރެއިން ވެސް މަދު ބަޔަކު ހިމަނައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން