ފްރާންސްގެ ތީމް ޕާރކެއްގެ ރޯލާ ކޯސްޓާރ އަކުން ވެއްޓުނު ޒުވާން އަންހެނަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުހުވަހު 1:45 ހާއިރު ޕާރކް ސެއިންޓް ޕައުލްގައެވެ.
32 އަހަރުގެމި އަންހެން މީހާ ވެއްޓިފައިވަނީ ފޯމިއުލާ 1ގެ ކޯސްޓާރއިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ. ޕާކުގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މިހާދިސާ ހިނގުމާއެކު އެމެޖެންސީ ޚިދުމަތްދޭ ފަރާތްތަކަށް ވަނީ އަންގަފާއެވެ. ނަމަވެސް މިއަންހެން މީހާ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.
މިކަހަލަ ނުރައްކާތެރި ހާދިސާއެއް މީގެކުރިން 2009 ވަނަ އަހަރުވެސް ހިނގާފައި ވާކަމަށާއި މި2 ހާދިސާވެސް ހިނގާފައިވަނީ ފޯމިއުލާ 1 ރޯލާ ކޯސްޓާރގައި ކަމަށް ޕާރކްގެ ވެރިޔާ ގިލެސް ކެމްޕިއަންވަނީ މައުލޫމާތު ދީފައެވެ.
މިހާދިސާ ހިނގުމާ ގުޅިގެން މި ރޯލާ ކޯސްޓާރ ވަނީ ބަންދު ކޮށްފައެވެ.
ކޮރޯނާ ވައިރަސްގެ ނުރައްކަލާއި ގުޅިގެން ބަންދުކޮށްފައިވާ ތީމް ޕާކް އަލުން ޙުޅުވީ ޖޫން މަހުގެ 6 ގައެވެ. މި ޕާކު އަލުން ހުޅުވާފައިވަނީ މާސްކު އެޅުމާއި ޖިސްމާނީ ގައިދުރުކަން ބެހެއްޓުމުގެ ގަވައިދުތަކާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު