ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމަށް ޗާޓަރު ފްލައިޓުތައް ބޭއްވުމަށް އެކިފަރާތްކަށް ހުއްދަ ދިނުން މެދުކަނޑާލުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

އެ އޮތޯރިޓީން މި ގޮތަށް ނިންމާފައިވާއިރު، ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ޗާޓަރު ފްލައިޓެއް ބާއްވަން އިނަރ މޯލްޑިވްސް ގެ ފަރާތުން ވަނީ ހުއްދައަށް އެދިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ރާއްޖެ އަންނަ ހުރިހާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރަން ނިންމާފައި ވުމާއެކު، ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެންނާނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ހުއްޓާލުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ގިނަ ދިވެހިން މިހާރު ތިބީ އަނބުރާ ރާއްޖެ އާދެވޭނެ ގޮތެއް ނެތިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިއްޔެ ވިދާޅުވީ ދިވެހިން އިވެކުއޭޓް ކުރަން (ކުއްލި ހާލަތުގައި ތިބިތަންތަނުން ގެންނަން) ޖެހޭ ހާލަތަކަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި، އެ ހާލަތް މެދުވެރިވެއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން