ރާއްޖޭގައި ހިންގާ ރިޒޯޓެއް- ބައެއް ރިޒޯޓުތަކުން ވަނީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ނިންމާފައި
ރާއްޖޭގައި ހިންގާ ރިޒޯޓެއް- ބައެއް ރިޒޯޓުތަކުން ވަނީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ނިންމާފައި
ވަޒީފާ އަށް ބަދަލުއައުމުގެ 104 ޝަކުވާ މިހާތަނަށް ޖޮބްސެންޓަރަށް ލިބިފައިވާ ކަމަށާއި އެމައްސަލަތައް ވަކިވަކިން ބަލައި ފިޔަވަޅު އަޅާނެ ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު ވިދާޅުވީ އޭގެ ތެރޭގައި ވަޒީފާ އިިން ވަކި ކުރުމާއި، ނޯޕޭ އަށް ފޮނުވުމާއި، މުސާރަ އާއި އިނާޔަތްތައް މަދުކުރުމާއި، އެލަވަންސް ނުދިނުމާއި އަދި ވަކި މުއްދަތެއް ނެތްގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރުން ފަދަ ޝަކުވާތައް ހިމެނޭ ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހައްގު ނުގެއްލޭ ކަމަށާއި، ހުށައަޅާފައިވާ މައްސަލަތައް ވަކިވަކިން ބަލައި އެކަންކަމަށް ފިޔަވަޅު އަޅަމުން ދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުމަކުގެ ސަބަބުން ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެ ޕެކޭޖުގެ މުވައްޒަފުންގެ ވަޒީފާތަށް ދެމެހެއްޓުމަށްޓަކައި ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ބުނި ގޮތުގައި ލޯނު ދޫކުރުމުގެ މައިގަނޑު ޝަރުތަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން