މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީއާއި ސަރުކާރަކީ ރައްޔިތުންގެ ނޯކިރީން ކަމަށާއި، ރައްޔިތުންގެ އަޑުއެހުމަށް ދިމާއެނދުގައި އޮތުމަށްވެސް މިތިބީ ތައްޔާރަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބާއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަވަދިނެތި އުޅުއްވަނީ އެމްޑީޕީގެ ވައުދުތައް "ރަނުން ރަނަށް ފުއްދައިދިނުމަށް" ކަމަށާއި ވައުދުތައް ފުރިހަމައަށް ފުއްދައި ދެވޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ރައްޔިތުންނަށް ވީ ވައުދުތަކުގެ އަމާޒު ނުގެއްލޭ ކަމަށާއި، ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދާނެ ކަމަށެވެ.

"ވާވައުދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރަނުން ރަނަށް ފުއްދައިދޭނަން، ކޮންކަމެއްތޯވީ. ހެނދުނުގެ ނަސްތާ އެއީވީ ވައުދެއް. ފުއްދާ ނިމިފައި. އެންމެ ކުޑަ އުޖޫރަ ދިނުން އެއީ އަޅުގަނޑުމެންގެ ވައުދެއް. ހަދާންވެސް ނުނެތޭނެ ވައުދެއް. ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ވައުދެއް. ދަންނަވަންތޯ؟ އެއީ ހަމައެކަނި އަޅުގަނޑުމެން ދައްކާ ވާހަކައެއް. އެހެން ސިޔާސީޕާޓީ އަކުން ދައްކާ ވާހަކައެއްނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުންކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމު ކުރަން ވެސް ހުރަހެއް ނެތް ކަމަށެވެ.

"އޭގެ ތެރެއިން ގިނަ މަސައްކަތްތަކަކީ ދައުލަތުގެ ބަޖެޓުން ކުރަން ހުރި މަސައްކަތްތަކެއް ނޫން. އެއީ ލޯނާއި ހިލޭ އެހީން ކުރަން ހުރި މަސައްކަތްތައް. އެހެންކަމުން މިހާރު ވެސް އެވައުދުތައް ފުއްދަން އެއްވެސް ހުރަހެއް ނެތް." ކަމަށެވެ.

މިރޭގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، ފުލުހުންގެ އިދާރާ އިސްލާޙު ކުރުމާއި، ފަނޑިޔާރުގެ އިސްލާޙުކުރުމާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާން ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރާ، އަދި އިންސާފު ޤާއިމްކޮށްދޭ ފަނޑިޔާރު ގެއެއް ބިނާކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ހަމަ އެއާއެކު، ޖޭއެސްސީ އަކީ ސިޔާސީ ވިސްނުމަކުން ނުވިސްނާ ހަމަހަމަކަމާއި އެކު ފިޔަވަޅު އަޅާ ތަނަކަށް ހެދުމުގެ ވާހަކަވެސް ދައްކަނީ އެމްޑީޕީން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެ އަޒުމުގައި. އެބަފެނޭ އިންސާފުގެ މަގު ކާމިޔާބު ކުރެވެމުންދާތަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ މުވައްސަސާ އިސްލާހު ކުރުމަކީ އެއްވެސް ހާލަތެއްގައި ފުލުހުންނާއި މޫނު ކެނޑޭގޮތްވުމެއް ނޫން ކަމަށާއި، ބުއްދިވެރިކަމާއި ވިސްނުންތެރިކަމާއި ކެތްތެރިކާމާއެކީ އިރާދަކުރެއްވިއްޔާ ފުލުހުންގެ މުއައްސަސާ އިސްލާޙު ކޮށްދޭނެ ކަމަށެވެ. އަދި ފުލުހުން ރައްޔިތުން ބިރުގަންނަ ބަޔަކަށް ހެދުމުގެ ބަދަލުގައި ފުލުހުންނަކީ ރައްޔިތުން ލޯބިވާ ބަޔަކަށް ހައްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމުގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވުމުގެ އިތުރުން، އެމްޑީޕީން ދިވެހި ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރަށްވާފައެވެ.

"އަޅުގަނޑުމެން މިތިބީ ތާށީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތާށިން އަރައިގަންނާނެ. ދިވެހި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ރައީސް ޞާލިޙާއި އެމްޑީޕީގެ ގިނަ ވަޒީރުން ބައިވެރިވެފައެއް ނުވެއެވެ. ވަޒީރުންގެ ތެރެއިން ޤައުމީ މަޖިލީހުގައި ބައިވެރިވެފައިވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލެވެ. މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ ޢާޒިމް ވަނީ ވަޒީރުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ހިމާރު

09-Jul-2020

ކުއްތާ އަނެއްކާވެސް ދޮގެއް ހެދީ!


10

ޚާލިދާ

08-Jul-2020

ތިޔައީި ހަމަ ބެސްޓް ރައީސް! ޙިތްތަކުގެ ރައީސް! ތިޔަވަރެއް ހަމަނެތް!


9

ޙައްތު

08-Jul-2020

ގޮއްހުސްވީ



ޓްރެންޑިން