އޭޑީކޭ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުން ބަލިމީހުން ބަލަން ގޭގެއަށް ދާ ގޮތަށް ހަމަޖައްސައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައެވެ.
އޭޑީކޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޭގެއަށް ގޮސް ބަލި މީހުން ބަލާނެ ކަމަށެވެ. އަދި ބަލި މީހުން ބަލަން ޒިޔާރަތްކުރުމުގެ އިތުރުން ލެބޯޓަރީގައި ހަދަން ޖެހޭ ޓެސްޓުތައް ހަދަން ސާމްޕަލްތައްވެސް ނަގައިދޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ.
އޭގެ އިތުރުން އޮންލައިންކޮށްވެސް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންނަށް މިހާރު ދެއްކޭނެކަމަށް އޭޑީކޭއިން ބުންޏެވެ. އެޕޮއިންޓްމަންޓް ހެދުމަށް 1440 އަށް ގުޅުމަށްވެސް އޭޑީކޭ އިން ވަނީ އެދިފައެވެ. އަދި ހަމަ ކުރިއެކޭ އެއްގޮތަށް ހޮސްޕިޓަލަށް ޒިޔާރަތްކޮށްގެންވެސް ޑޮކްޓަރުންނަށް ދެއްކޭނެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު