ފްލެޓުތަކުގެ ކުލި ދައްކަން ނުޖެހި ޢާންމު ރައްޔިތުންނާ ހަމައަށް އުފާފާގަތިކަމުގެ ދުވަސްތައް ގެނެސްދެއްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ މިހާރުގެ ކައުންސިލް މެމްބަރުކަމާއި އެޕާޓީގެ ޖެންޑަރ އެންޑް ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ކޮމިޓީގެ މެމްބަރު ނިޝާމާ މުޙައްމަދު ވިދަޅުވެއްޖެއެވެ.
ނިޝާމާ ވިދާޅުވެފައިވަނީ ރައްޔިތުންގެ ނަމުގައި ބޮޑުސިންގާ ލޯނެއް ނަގައިގެން ހެދި މާލެ-ހުޅުމާލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖުން "ޓޯލް ފީ"ވެސް ދައްކާކަށް ނުޖެހުނުކަމަށެވެ. އެހެންކަމުން އެންމެ ނިކަމެތި ޢާންމު ރައްޔިތުންނަށް ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި މަޢާފްކޮށްދޭން ޖެހޭކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން އެފަދަ ކަމެއް ކުރުމުގެ ވިސްނުންވެސް ނުގެންގުޅޭކަމަށް އިޝާރާތްކުރައްވައި ނިޝާމާ ވިދާޅުވީ ރައްޔިތުމީހާގެ ބޮލުގަ ދަރަނީގެ ބޮޑުތަޅު ނާޅުވައި، ހުޅުމާލޭގެ ހިޔާ އަދި ސިފައިންނާއި ފުލުހުންގެ ފުލެޓްތަކުގެ ކުލި ދައްކަން ނުޖެހި ރައްޔިތުންނާއި ހަމަޔަށް އުފާ ފާގަތިކަމުގެ ދުވަސްތައް ގެނެސްދެއްވާނީ، ދިވެހިރާއްޖޭގައި ހުރި އެންމެ ވަރުގަދަ އިޤްތިޞޯދީ ތަޖުރިބާކާރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުގެ ސޯޝަލް ހައުސިންގ ފްލެޓަކަށް ކުލި ދައްކާކަށް ނުޖެހޭނެކަމަށާއި، ހިޔާ ފްލެޓް ކުލިވެސް މައާފު ކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ގާސިމް މިހެން ވިދާޅުވީި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ދީފައި ހުރި ހުރިހާ ފްލެޓަކެއްގެ ކުލި މައާފް ކޮށްދެއްވާނެކަމަށެވެ.
"އެއްބަޔަކަށް ވިއްކަނީ. އަނެއްބަޔަކަށް ދޭންވީ ހިލޭ. ކޮބާ އިންސާފް. ކޮބާ އިހުސާންތެރިކަން. އަޅުގަނޑުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ." ގާސިމް ވިދާޅުުވިއެވެ.
ހިޔާ ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ ނަމުގައި ބޮޑުސިންގާ ލޯނުނަގައިގެން އެޅި މާލެ-ހުޅުމާލެ ބްރިޖްގެ ‘ޓޯލް ފީ’ ދައްކާކަށް ނުޖެހުނު!
— Nishama Mohamed (@Nishama_Mohamed) June 28, 2023
ރައްޔިތުމީހާގެ ބޮލުގަ ދަރަނީގެ ބޮޑުތަޅު ނާޅުވައި، ހުޅުމާލޭގެ ހިޔާ އަދި ސިފައިންނާއި ފުލުހުންގެ ފުލެޓްތަކުގެ ކުލި ދައްކަން ނުޖެހި ރައްޔިތުންނާއި ހަމަޔަށް އުފާ ފާގަތިކަމުގެ… pic.twitter.com/0TAAQotV8X
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުގެ ސޯޝަލް ހައުސިންގ ފްލެޓަކަށް ކުލި ދައްކާކަށް ނުޖެހޭނެކަމަށާއި، ހިޔާ ފްލެޓް ކުލިވެސް މައާފު ކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ގާސިމް މިހެން ވިދާޅުވީި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ދީފައި ހުރި ހުރިހާ ފްލެޓަކެއްގެ ކުލި މައާފް ކޮށްދެއްވާނެކަމަށެވެ.
"އެއްބަޔަކަށް ވިއްކަނީ. އަނެއްބަޔަކަށް ދޭންވީ ހިލޭ. ކޮބާ އިންސާފް. ކޮބާ އިހުސާންތެރިކަން. އަޅުގަނޑުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ." ގާސިމް ވިދާޅުުވިއެވެ.
ހިޔާ ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު