ޒިމްބާބްވޭ ގެ އާންމު ރައްޔިތުން ހާލުގައި ޖެހިފައި ތިއްބާ އެޤައުމުގެ ސަރުކާރުގެ އިސް މަގާމް ތަކުގައި ތިއްބަވާ ބޭފުޅުންނަށް މިލިޔަނެއްހާ އެމެރިކާ ޑޮލަރުގެ ކާރު ހަދިޔާ ކޮށްފިއެވެ.
މި އައު ކާރު ތަކުގެ ތެރޭގައި 40،000 ޑޮލަރު ގެ އަގުހުރި ޖީޕު ތަކާއި ޓޮޔޯޓާ ޓްރަކް ހިމެނެއެވެ. މިކާރުތައް ބަހާފައި ވަނީ އެމްބެސަޑަރުންނާއި ސިވިލް ސާރވަންޓްގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށްށެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގައުމުގެ ރައީސް އެމަރްސަން މިނަންގަގްވާ، މިކަން ކުރެއްވުމުގެ މައިގަނޑު މަގްސަދަކީ އޭނާ އަށް ތާއިދު އިތުރު ކުރުމެވެ. އެމަރސަން ވެރިކަމަށް ވަޑައިގެންފައި ވަނީ ސިފައިންގެ އެހީއާއެކު ބަޣާވާތް ކުރައްވައިގެން އޭރުގެ ރައީސް ރޮބާރޓް މުގާބޭ ގެ ވެރިކަން ވައްޓާލުމަށްފަހު 2017ވަނަ އަހަރުއެވެ.
މީގެ އިތުރުންވެސް މިފަދަ އަގުބޮޑެތި ކާރު ސިފައިންގެ އިސް ވަރާތްތަކަށް ވެސް ރައީސް ވަނީ ހަދިޔާ ކުރައްވާފައެވެ. ދަށް ރޭންކު ތަކުގައި ތިބި އޮފިސަރުންނަށް ވެސް ވަނީ އާދައިގެ ކާރު ހަދިޔާ ކޮށްފައެވެ. މިކަމަށް ޚަރަދުވި ޖުމްލަ އަދަދު އަދި ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ ހާރިޖީވަޒީރު ގާނޫނު ހަދާ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން މަޖިލީހުގެ މެންބަރުންނަށް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ޒިމްބާބްވޭގެ ހާރިޖީވަޒީރު، ސިބުސިސޯ މޮޔޯ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ ބައްދަލްވުމުގައި ވިދާޅުވެފައި ވަނީ ޑިޕްލޮމެޓިކް ބޭފުޅުންނަށްވެސް ކާރުތަކެއް ހަދިޔާ ކޮށްފައި ވާނޭ ކަމަށެވެ.
ޒިމަބާބްވޭގެ ހެލްތް ސަރވިސް ބޯރޑްގެ ގިނަ ކޮމިޝަނަރުންނަށް 50،000 އެމެރިކާ ޑޮލަރުގެ އަގުހުރި ކާރު ތަކެއް ދީފައިވާ ކަމަށް ވެސް ހެލްތް ސާރވިސް ބޯޑުގެ އިސްވެރިޔާ ޕޮލިނަސް ސިކޮސާނާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ،
ޒިމްބާބްވޭގެ ގިނަ ރައްޔިތުން ހާލުގައި ޖެހި ބަނޑަށް ޖެހިފައިވާއިރުވެސް ޒިމްބާބްވޭގެ ސަރުކާރުން ދަނީ ބޭކާރު ހަރަދުތަށް އިންތިހާ އަށް ކުރަމުންނެވެ. ކޮރޯނާވައިރަސްގެ ނުރައްކާތެރި ބަލިމަޑުކަމާއި ދެކޮޅަށް ފުރޮންޓްލައިންގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެދާއިރާގެ މުވައްޒަފުން މިހާރުވެސް ގެންދަނީ ލިބޭމުސާރަ އިން ދެކޮޅުނުޖެހޭތީ އާއި ސިއްހީދާއިރާގެ ސަލާމަތީ ކަންކަމަށް ބޭނުންވާ ސާމާނު ސަރުކާރުން ހޯދާދީފައި ނުވާތީ ކެނޑިނޭޅި އިހުތިޖާޖު ކުރަމުންނެވެ .
ކޯވިޑު19 ގެ ބަލިމަޑު ކަމާ އެކު މުޅި ދުނިޔޭގެ އިޤްތިސާދަށް ބޮޑެތި ބަދަލުތައް އަންނަމުން ދާއިރުވެސް ޒިމްބާބްވޭގެ ސަރުކާރަށް މިކަން މާބޮޑު ކަމަކަށް ވެގެން އުޅޭމަންޒަރެއް އަދިވެސް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު