އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މުޒާހަރާ ކުރުމާއި ޚިޔާލު ފާޅުކުރުމާއި އިހުތިޖާޖު ކުރުމަކީ ދިވެހިން މިއަދު ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރެޓިކް ނިޒާމުން ފަރުދުންނާއި ޖަމާޢަތްތަކަށް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. އެހެންނަމަވެސް މި އަސާސީ ޙައްޤު ލިބިދީފައި ވަނީ ވަރަށް މުހިންމު އެހެނިހެން ހައްޤުތަކެއް ކަށަވަރުކުރުމުގެ މަޤުސަދުގައެވެ.
މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި މުޒާހަރާ ކުރަނީވެސް އިހުތިޖާޖު ކުރަނީވެސް އަދި ޚިޔާލު ފާޅުކުރަނީވެސް އެއިން އެއްވެސް ކަމަކުން ޤައުމުގެ ޢާންމު މަސްލަހަތައި ޤައުމީ ސަލާމަތަށް ނުރައްކަލެއް ނޭދެވޭ އަސަރެއް ނުކުރާނެހެންނެވެ. އަދި އެއިން ކަމަކުން އެހެންމީހެއް ޒާތަށް ނުވަތަ އަބުރަށް ނުވަތަ އެނޫންވެސް ހައްޤަކަށް އުނިކަމެއް ނާންނާނެހެންނެވެ.
ޑިމޮކްރަސީ ރައްކާތެރިކޮށްދެނީ އެންމެހާ ރައްޔިތުންގެ ޙައްޤުތަކެވެ. ޖުމުލަކޮށް ދަންނަވާނަމަ މުޅި ޤައުމުގެ މަސްލަޙަތެވެ. ޕީޕީއެމްއިން މިކުރާކަމަކީ އެމީހުންގެ ރައީސް ޖަލުން ދޫކޮށްލަން ގޮވާލައި ޤައުމުގެ މަސްލަހަތާއި ޤައުމީ ސަލާމަތް ނުރައްކަލަށް ހުށަހަޅަނީއެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ކުށް ސާބިތުވެގެންނެވެ. އާދައިގެ ކުށެއްވެސް ނޫންނެވެ. ރައީސްކަމުގައި ހުންނަވައިގެން "ވައްކަން" ކޮށްގެންނެވެ. މަނީ ލޯންޑަރ ކޮށްގެންނެވެ. އެ ކުށް ސާބިތުވެ ޔާމީން އޮންނެނީ ޙުކުމް ތަންފިޒުކުރަން ޖަލުގައެވެ. އެ އަދަބުން ސަލާމަތްވެވެން އޮތް ގޮތަކީ މަތީކޯޓަކުން އެޙުކުމް ބާޠިލްކުރުމެވެ. ޙުކުމާމެދު ހިތްހަމަ ނުޖެހޭނަމަ ކުރަން އޮތް ކަމަކީ މަތީ ކޯޓަކަށް އިސްތިއުނާފުކުރުމެވެ. އެކަންކަންވެސް ތަރުތީބުވެފައިވާ މަގުން ހިނގަމުން އެބަދެއެވެ.
އެހެންކަމުން ޕީޕީއެމް/ޕީއެންސީން މަގުމަތީގައި މިކަމާމެދު ކުރާ މުޒާހަރާގެ މަޤުސަދެއް އަމާޒެއް ނެތެވެ. އަމާޒެއްނެތި ލާހޫރެމުން ހައެއްކަ މީހުން ކޮންމެރެއަކު ކުރާކަމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. މިހެން މިދެންނެވީ މިހާރު އެ މުޒާހަރާތަކުގައި ފެންނަ މަންޒަރުތަކުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އަދި ދުނިޔޭގެ ބޮޑު ބާރެއްކަމަށްވާ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރުގެ ކާޓޫނު ހަދައި ފުރައްސާރަކޮށް ރާއްޖޭގެ ރީތި ޑިޕޮލޮމެޓިކް ގުޅުންތަކަށް އިޙްތިރާމެއްނެތި އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރާ މުޒާހަރާއިން ވަނީ ގެއްލުމެވެ. ޚުދު އެމުޒާހަރާތަކުގައި ބައިވެރިވާ ޢާންމުރައްޔިތުންނަށްވެސް ވާނީ ގެއްލުމެވެ.
އަވަށްޓެރި އިންޑިއާއަކީ މިއަދުގެ ދުނިޔޭގައި އަސްކަރީގޮތުންނާއި އިޤްތިޞާދީގޮތުން ދުނިޔޭގެ ބޮޑު ބާރެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޤައުމުތަކުގެ ގާތް އެކުވެރިއެކެވެ. ދިވެހިން އެތައްކަމަކަށް ބަރޯސާވާ ރާއްޖެއާ އެންމެ ރަޙުމަތްތެރި ޤައުމެވެ. އެތައް ރޮނގަކުން ރާއްޖެއަށް އެތައް އެހީއެއްވެދޭ މުހިންމު ޤައުމެކެވެ.
މިކަންކަމަށް ބުރޫއެރުމަކީ ޢާންމު ދިވެހިންނަށް ތަޙައްމަލުކުރެވޭނެ ކަމެއް ނޫނެވެ. މިހާރުވެސް މިފަދަ ބައެއް ކަންކަން ހިނގަމުންދެއެވެ. ދިވެހި ޢާންމު ރައްޔިތުންނަށް ދެރަ ނިކަތެރި ޙާލަތްތައް މެދުވެރިވަމުންދެއެވެ.
ރައީސް ޔާމީނާ ޕީޕީއެމްގެ ވެރިންނަށް ސިންގަޕޫރާއި ޗައިނާއާއި ޔޫރަޕްގެ ޤައުމުތަކުން ބޭސްވަރުވާ ކުރެވިދާނެއެވެ. އަދި ސަރުކާރުގެ އިސްވެރިންނަށް އެގޮތް އޮންނާނެއެވެ. އެއީ ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުއްޓަސް އޮތް ގޮތެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ބަރޯސާވާން މަޖުބޫރުވެފައި ވަނީ އެންމެ ޢާންމު ރައްޔިތުންނަށެވެ. ސިންގަޕޫރަށާއި ބެންކޮކަށާއި އަދި އެއަށްވުރެ ބޭރު ކަރަތަކަށް ދެވޭހާ މާލީ ފެންވަރު ނެތް ނިކަމެތި ދިވެހި ރައްޔިތުންނަށެވެ.
ކޮންމެއަކަސް ޕީޕީއެމް/ޕީއެންސީން މިކުރާ މުޒާހަރާތައް ޑިމޮކްރަސީއަކާ މާ ރައްޓެއްސެކޭ ދެންނެވޭކަށް ނެތެވެ. އެއިން ފެންނަނީ ނާތަހުޒީބުކަމެވެ. މަގުމަތީގެ ޢާންމު މަސްލަޙަތު ގެއްލޭތަނެވެ. އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރުގެ އަބުރަށް އަރައިގަންނަ މަންޒަރެވެ. އެންމެ އަވަށްޓެރި އެންމެ ގާތް އަދި އެންމެ ގިނަ އެހީތައް ދިވެހީންނަށް ފޯރުކޮށްދޭ ގައުމުގެ ރައްޔިތުން ދިވެހީންނާމެދު ރުޅިވެރިކަން އުފެދި ނަފުރަތު އުފެދޭފަދަ މަންޒަދު ތަކެވެ.
މީގެއިތުރުން އެ މުޒާހަރާތަކުން ފެންނަމުންދަނީ ކުޑަކުދިންނަށް އިއްވަން ހެޔޮނުވާވަރުގެ ހަޑިހުތުރު ބަހުރުވައިން އަޑުގަދަކުރާތަނެވެ. އެމުޒާހަރާތަކުން ރައީސް ޔާމީނަށްވެސް ކުރާ ފައިދާއެއް ނުފެނެއެވެ. އެކަން ވެފައިވަނީ ދިވެހިންނަށް ޢާންމު އުނދަގުލަކަށެވެ.

ކިޔުންތެރިންގެ ހިޔާލު