އިދިކޮޅު ޕީޕީއެމާއި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ މެދުގައި ކުރިއަށްދާ ސިލްސިލާ މަޝްވަރާތަކުގެ މިއަދުގެ ބައްދަލުވުމަށްފަހުވެސް އެއް ކެޑިޑޭޓަކަށް ފުރުސަތު އޮތްކަން ޑިމޮކްރެޓްސްއިން ބުނެފިއެވެ.
މީގެކުރިން ދަ ޑިމޮކްރެޓްސް ފިކުރުގެ ބަޔަކު ނެރޭ ނޫހަކުން މިވާހަކަދެއްކުމުން ޕީޕީއެމުންވަނީ ނުރުހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެޕާޓީގެ އިތުރު މަޝްވަރާ ބައްދަލުވުމަކަށްފަހު މިއަދު އަނެއްކާވެސް ޑިމޮކްރެޓްސްއިން މިވަނީ މިވާހަކަ ދައްކާފައެވެ.
ދަ ޑިމޮކްރެޓްސްގެ ފިކުރުގެ ބަޔަކު ނެރޭ "އޯޝަން ވީކްލީ" މަޖައްލާގައި ވަނީ މީގެކުރިން މިވާހަކަ ދައްކާފައެވެ. އެނޫހުން ބުނެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ނޫން، ދެފަރާތް އެއްބަސްވާ އެއް ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮތް ކަމުގެ ވާކަދައްކާފައިވެއެވެ.
އެއާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމާއި އެނޫންވެސް ޕީޕީއެމްގެ ބައެއް ބޭފުޅުންވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަދެއްކެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ އެޕާޓީގެ ރައީސް، ރައީސް ޔާމީން ކަމަށް އޮތީ ކަނޑައަޅާފައިކަމަށާ، އަދި ދަ ޑިމޮކްރެޓްސްއިން ވެސް ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަމަށެވެ. އެހެން ނަމަވެސް ދެ ޕާޓީން އެއްބަސްވެވޭ ކެންޑިޑޭޓަކު ހުންނަ ހިސާބުން އެ ކެންޑިޑޭޓަކަށް ތާއިދު ކުރެވޭނެކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ޕީޕީއެމާއި ދަ ޑިމޮކްރެޓްސްގެވެސް އާންމު މެމްބަރުންގެ މައިގަނޑު އެދުމަކީ މިސަރުކާރަށް ދެވަނަ ދައުރެއް ނުދިނުންކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނެކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި ދޫދެވެންހުރި ކަންކަމުގައި ދޫ ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާތަކަށްފަހު ޕީޕީއެމްގެ ފަރާތުން މާލެސިޓީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެއް ކެންޑިޑޭޓެއްގެ މައްސަލާގައި އަދި މަޝްވަރާ ނުކުރާކަމަށެވެ. މިކަމާބެހޭގޮތުން ސުޖާއު މާގިނަ ވާހަކައެއް ނުދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު