ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަޙީދު (ކ). ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް (ވ).
ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަޙީދު (ކ). ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް (ވ).
ޖުމްހޫރީ ޕާޓީގެ ރައީސް ކަމުންނާއި މެންބަރުކަމުން އަލީ ވަހީދު ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ބަދުއަޚުލާޤީ މައްސަލައެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރުކަމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް ރައީސުލްޖުމުހޫރިއްޔާ އެންގެވުމުން އެމަގާމުން އޭނާ އިސްތިއުފާދެއްވާފައި ވާތީވެ، ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ޖޭޕީގެ ކައުންސިލަށް އެ ޕާޓީގެ ކައުންސިލް މެންބަރަކު ވަނީ ހުށައަޅާފައެވެ.

މި މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ޖޭޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭގޮތުން އަހްލާގީ މިންގަޑުންބޭރުވެ ބޭއަދަބީބަސްތައް ބޭނުންކޮށް ފުރައްސާރަކޮށްފައިވާ އޯޑިއޯތަކެއް ލީކުވެ އެ މައްސަލައަށް ފިޔަވަޅު ނޭޅި އުޅެނިކޮށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ކަމަށެވެ.

މީގެ އިތުރުން، އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި އެންގެވުމުން އޭނާގެ މައްޗަށް ކުރެވެނީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތެއްކަމަށް ބެލެވޭ ކަމަށް ހުށައަޅާފައިވާ މައްސަލަގައި ބުނެފައިވެއެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވަނިކޮށް، އަލީ ވަހީދަށް މިފަދަށް ތުހުމަތުތަކެއް ކުރެވި، އަޙްލާޤީ މައްސަލަތަކެއް ފެންމަތިވެފައި ވާތީ އޭނާ އެ މަޤާމުގައި ބެހެއްޓުމަކީ، ޕާޓީއާއި މެދު މީހުން ދެކޭގޮތް ބަދަލުވެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެހެން ކަމުން ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް އެދި ޖޭޕީގެ ކައުންސިލަށް މިމައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި ހުށަހަޅާ ކަމަށް ޖޭޕީގެ ކައުންސިލް މެންބަރަކު ހުށައެޅި މައްސަލާގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން މިހާރު ވަނީ ތަހުގީގް ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން