މުވައްޒަފުންނާމެދު އިހާނާތްތެރިކޮށްހިތާ ފަރާތްތަކާމެދު ވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެކަމަށް އައްޑޫ ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ޚިލާފްވާ މުވައްޒަފުންނަށް ދަޢުވާ ކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވުމާ ގުޅިގެންނެވެ. ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާއިރު، ރިސޯޓްތަކަށް މީހުން އެރުމާއި، ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.
އެޗްޕީއޭގެ މި އެންގުމާ ޚިލާފްވި 6 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، އެ ހުރިހާމީހުންގެ ބަންދުގެ މުއްދަތު ކޯޓުންވަނީ ޖަހައިދީފައެވެ.
މިހާތަނަށް ރާއްޖޭގެ ގިނަ ރިސޯޓުތައް ބަންދުކޮށްފައިވާއިރު، ރިސޯޓުތަކުން ވަނީ މުވައްޒަފުން މުސާރަ ނުލިބޭ ޗުއްޓީއަށް ފޮނުވާލުމާއި، މުސާރައިގެ ނިސްބަތް ދަށްކުރުންފަދަ ފިޔަވަޅުތައް އަޅާފައެވެ. މިކަމާގުޅިގެން ސަރުކާރުން ޤާއިމްކުރި ވަޒީފާއަށް ބަދަލު އައުމުން ޝަކުވާ ހުށައަޅާ ޕޯޓަލް އަށް އިއްޔެގެ ނިޔަލަށް 104 ޝަކުވާ ވަނީ ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު