ޖިންސީ ގޯނާއާއި ބަދު އަޚުލާގީ އަމަލުތަކެއްގެ ތުހުމަތު ކުރެވި ކަމާބެހޭ ފަރާތްތަކުން އެމައްސަލަތައް ބަލަމުން ދާތީ ޖުމްހޫރީ ޕާޓީގެ ރައީސްކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ޢަލީ ވަޙީދު ޖޭޕީގެ ރައީސްކަމުން އިސްތިޢުފާ ދެއްވުމަށް ޤާސިމް އެދިވަޑައިގެންފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުންނާއި މެންބަރުކަމުން އަލީ ވަހީދު ވަކިކުރަން އެ ޕާޓީގެ ކައުންސިލަށްވެސް މައްސަލައެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.
"ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވަމުން ޤާސިމް ވިދާޅުވީ، ޢަލީ ވަހީދުގެ ފަރާތުން ބަދުއަޚުލާޤީ އެތައް މައްސަލަތަކެއް ތަކުރާރުކޮށް ފެންމަތިވެ، އެކަމުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ ތަޞައްވަރަށް ރައްޔިތުންގެ ކުރިމަތީގައި އޮތް އިތުބާރު ކިލަނބުވެދާނެ ކަމަށް ޤާސިމް އިބްރާހީމަށް ޤަބޫލުފުޅު ކުރެއްވުންވެސް އިސްތިއުފާ ދެއްވުމަށް އެންގެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އަދި ޖިންސީ ފުރައްސާރަ އާއި، ބަދުއަޚުލާޤީ ޢަމަލުތަކަކީ ޖުމްހޫރީ ޕާޓީން އެއްވެސް ޙާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޢަމަލުތަކެއް ނޫން ކަމަށާއި، މިފަދަ ނާތަހުޒީބު ޢަމަލު ތަކެއްގެ ތުހުމަތު ކުރެވޭ ފަރާތެއް ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވުމަކީ ޕާޓީގެ ނަމާއި، މެމްބަރުންނަށްވެސް ލަދުވެތި ކަމެއް ކަމަށް ޤާސިމް އިބްރާހިމް ދެކެވަޑައިގަންނަވައެވެ. އެހެންކަމުން ޤާސިމް ވަނީ، ޢަލީ ވަޙީދު ޕާޓީގެ ރައީސް ކަމުން އިސްތިޢުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ.
ބަދުއަޚުލާޤީ މައްސަލައެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރުކަމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް ރައީސުލްޖުމުހޫރިއްޔާ އެންގެވުމުން އެމަގާމުން އޭނާ އިސްތިއުފާ ނުދެއްވުމުން ރައީސް ޞާލިޙްވަނީ ވަޒީރުކަމުގެ މަޤާމުން އޭނާ ވަކިކުރަށްވާފައެވެ. ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ޖޭޕީގެ ކައުންސިލަށް އެ ޕާޓީގެ ކައުންސިލް މެންބަރަކު ހުށައަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އަލީ ވަހީދު މަގާމުން ވަކިކޮށްފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައެވެ. އެގޮތުން، އަލީ ވަހީދު ވަނީ ޓުއަރިޒަމް މިނިސްޓްރީގެ 12 މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީންނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެކުރިންވެސް އަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު އެފަދަ މައްސަލަތަކެއް ހާމަވީ އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަ ތަކެއްގެ އޯޑިއޯއެއް ލީކް ވެގެންނެވެ. އެ އޯޑިއޯގައިވެސް ވަނީ ސަރުކާރުގެ އެހެން ވުޒާރާއެއްގެ ވަޒީރަށް ނިސްބަތްކޮށް ޖިންސީ ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު