އެމްއެންޑީއެފް ސަދަން އޭރިއާ އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން އައްޑޫސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ ޙަރަކާތްތެރި ވަމުންނެވެ.
މިއީ ކޯވިޑް-19 އާ ގުޅިގެން އައްޑޫސިޓީގެ ރައްޔިތުންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް އައްޑޫސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.
މީގެ ކުރިން މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ވަނީ ގްރޭޓަރ މާލޭ ސަރަޙައްދުގެ މަގުތައް ޑިސްއިންފެކްޓު ކުރުމަށް މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ މަގުތައް ކްލޮރިން ފެނުން ދޮވެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި ރައްޔިތުން ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޞިއްޙީ އިދާރާތަކުން ވަނީ ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު