މިހިނގާ ޖުލައި މަހުގެ 6 ވަނަ ދުވަހު ފްރާންސްގެ އިންޓީރިއާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި ޖެރަލްޑް ޑަރމަނެންގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތުގެ ޝަރީޢަތް އަލުން ފަށަން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެރަލްޑް ޑަރމަނެންްއާއި ދެކޮޅަށް ދަށު ކޯޓަށް ހުށައެޅިފައިވާ މިމައްސަލަ ކުރިއަށް ނުގެންނެވޭނެ ކަމަށް ބުނެ ކޯޓުން މައްސަލައިގެ ފައިލް ބަންދުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައިވާ މިމައްސަލައިގެ އިސްތިއުނާފު މަރުހަލާ ކުރިއަށް ގެންދިއުމަށް ފަނޑިޔާރަކު މިހާރު ވަނީ ނިންމާފައެވެ.

ޖެރަލްޑް ޑަރމަނެންގެ ގާނޫނީ ވަކީލު ހޯމަ ދުވަހު ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތަކީ އެއްވެސް އަސްލެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައި އެކްޓިވިސްޓުންތަކެއްވަނީ ޑަރްމަނެން އާއި ދެކޮޅަށް މުޒާހަރާކޮށް "ރޭޕިސްޓް" މަގާމުން ދުރު ކުރުމަށްވެސް ގޮވާލާފައެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ފުލުހުން ވަނީ މުޒާހަރާ ހުއްޓުވައި އެމީހުން އެތަނުން ފޮނުވާލާފައެވެ.

ޖެރަލްޑް ޑަރމަނެންގެ މައްޗަށް ކުރާ ތުހުމަތަކީ ސޯފީ ޕެޓަރސަން ނަމަކަށް ކިޔާ އަންހެނަކަށް ޖިންސީ ގޯނާކޮށް އޭނާ ރޭޕް ކުރިކަމަށް ބުނާ މައްސަލައެކެވެ. ސޯފީ ތުހުމަތު ކުރާ ގޮތުގައި ޑަރމެނެން އޭނާއާއި ޖިންސީ ގުޅުން ހިންގީ އޭނާގެ މަގާމުގެ ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެންނެވެ. ޑަރްމަނެން މިއަމަލު ހިންގާފައިވަނީ 2009 ގައި އޭނާ ޖުޑީޝަލް ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. ޕެޓަރސަން ހުށައަޅާފައިވާ މިމައްސަލައިގެ ފައިލް ބަންދުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

މައްސަލަ ކުރިއަށް ނުގެންދެވެނޭ ކަމަށް ބުނެ ބަންދުކޮށްފައިވާ އެ މައްސަލަ އިސްތިއުނާފު ކުރުމުން މިއަހަރުގެ ޖޫންމަހު ފަނޑިޔާރަކު ނިންމާފައިވަނީ މި މައްސަލަ ކުރިއަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންވީމާ ޖެރަލްޑް ޑަރމަނެންއާއި ދެކޮޅަށް ސޯފީ ޕެޓަރސަން ހުށައަޅާފައިވާ މިމައްސަލަ އަލުން ހިނގައިގެންފާނެ ކަމަށް މިހާރުވަނީ ބެލެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން