ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވޭނީ އެމައްސަލަތައް ހައްލުކުރެވޭފަދަ ތަޖުރިބާހުރި ޤާބިލް މީހަކު އަންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކޮށްގެންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރަހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރޭ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ކެމްޕެއިން ހަރަކާތުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. ޤާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޒުވާނުންގެ ވޯޓަކީ އެމަނިކުފާނަށް ނުހަނު ބޭނުން އެއްޗެއް ކަމަށެވެ.
ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޙަރަކާތުގައި ޢުމުރުން 18އަހަރާއި 35 އަހަރާ ދެމެދުގެ ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަން ޤާސިމް ފާހަގަކުރައްވާފައި ވެއެވެ. އެ ޒުވާނުންނަށް ޝުކުރުއަދާކުރައްވަމުން ޤާސިމް ވިދާޅުވީ ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ ޤައުމު ހިންގުމުގެ ތަޖުރިބާހުރި ޤާބިލް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކޮށްގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތަކުގެ އެންމެބޮޑުބައެއް އަމާޒުކޮށްފައިވަނީވެސް ޒުވާނުންނަށެވެ. ޤާސިމް ޒުވާނުންނަށް ވިދާޅުވަނީ، "ހާސްކަނޑާލާށެވެ. ހުރިހާކަމެއްވެސް ހަމަޖެހޭނެއެވެ."
ޤާސިމަކީ ވަކިފަރުދަކަށް ބަލާއިރު ދިވެހި ޒުވާނުންނަށް އެކި ރޮނގުރޮނގުން އެންމެގިނަ ޚިދުމަތްކޮށްދެއްވި އެއްބޭފުޅާއެވެ. ތަޢުލީމީ ދާއިރާއިން ޤާސިމްގެ ހިލޭ އެހީއާއި ލޯނު އެހީގައި މަތީތަޢުލީމު ޙާސިލްކުރި އެތައްބަޔަކު އެބަތިއްބެވެ، އަދި މިވަގުތުވެސް އެތައްބަޔަކު އަންނަނީ ޤާސިމްގެ ދީލަތި އެހީގައި ތައުލީމު ހާސިލުކުރަމުންނެވެ. ތަޢުލީމީ ދާއިރާގެ އިތުރުން އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫންވެސް އެތައް ރޮނގަކުން ޤާސިމް ޒުވާނުންނަށް އެހީވަމުންއަންނަތާ އެތައް އަހަރެއްވެއްޖެއެވެ.

2023 ge Riyaasee Inthikhaabugai Alhugandah, Zuvaanuge vote ves nuhanu beynumeve. 18-35 Aharaa dhemedhuge Zuvaanun Rey Malé’ gaiJP in Beyvvi Badhalu Vumuge Enmmehaa membarun nah Shukuru Dhannaveve.
— Qasim Ibrahim (@qasimibrahim) July 21, 2023
Zuvaanun nah Dhimaavefaivaa eki eki gon jehun thakun Araiganeveynee Gaumu… pic.twitter.com/w6ePQYcXzq
ޖުމްހޫރީ ޕާޓީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތަކުގެ އެންމެބޮޑުބައެއް އަމާޒުކޮށްފައިވަނީވެސް ޒުވާނުންނަށެވެ. ޤާސިމް ޒުވާނުންނަށް ވިދާޅުވަނީ، "ހާސްކަނޑާލާށެވެ. ހުރިހާކަމެއްވެސް ހަމަޖެހޭނެއެވެ."
ޤާސިމަކީ ވަކިފަރުދަކަށް ބަލާއިރު ދިވެހި ޒުވާނުންނަށް އެކި ރޮނގުރޮނގުން އެންމެގިނަ ޚިދުމަތްކޮށްދެއްވި އެއްބޭފުޅާއެވެ. ތަޢުލީމީ ދާއިރާއިން ޤާސިމްގެ ހިލޭ އެހީއާއި ލޯނު އެހީގައި މަތީތަޢުލީމު ޙާސިލްކުރި އެތައްބަޔަކު އެބަތިއްބެވެ، އަދި މިވަގުތުވެސް އެތައްބަޔަކު އަންނަނީ ޤާސިމްގެ ދީލަތި އެހީގައި ތައުލީމު ހާސިލުކުރަމުންނެވެ. ތަޢުލީމީ ދާއިރާގެ އިތުރުން އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫންވެސް އެތައް ރޮނގަކުން ޤާސިމް ޒުވާނުންނަށް އެހީވަމުންއަންނަތާ އެތައް އަހަރެއްވެއްޖެއެވެ.
ކިޔުންތެރިންގެ ހިޔާލު