ޓިކް ޓޮކް އެޕްގެ ލޯގޯ
ޓިކް ޓޮކް އެޕްގެ ލޯގޯ
މަޝްހޫރު އެމޭޒަންގެ މުވައްޒަފުންގެ ފޯނު ތަކަށް ޓިކްޓޮކް އެޕް އެޅުން މަނާކުރުމަށްފަހު މާގިނައިރު ތަކެއް ނުވެ އަލުން އެކަމަށް ހުއްދަ ދީފިއެވެ.

ރޭގެ ވަގުތެއްގައި އެމޭޒަން ޑޮޓް ކޮމް އިންވަނީ އެ ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ފޯނުގައި ޓިކްޓޮކް އެޕް ގެންގުޅުމަކީ މަނާކަމެއްކަމަށް ބުނެފައެވެ. ނަމަވެސް އޭގެ މާގިނަ އިރުތަކެއްނުވެ، އެމޭޒަން އިންވަނީ އެއީ އޮޅުމަކުން އެޅުނު ފިޔަވަޅެއްކަމަށް ބުނެ އެކަމަށް އަލުން ހުއްދަ ދީފައެވެ.

އެމޭޒަންއިން ބުނެފައިވަނީ މިކަން މިހެން ދިމާވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާކަމަށެވެ. މީގެ އިތުރުން އެމޭޒަންގެ ފަރާތުން މައުލޫމާތު ދިންފަރާތަކުން ބުނެފައިވަނީ މިކަން ހިނގާ ދިޔައިރު އެމޭޒަންގެ ސީނިއާރ އެކްޒެކެޓިވްއަށްވެސް އެކަން އެނގިފައިނުވާކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމޭޒަންގެ ޓިކްޓޮކް ގެންގުޅޭ މުވައްޒަފުންނަށް މެއިލްގެ ޒަރިއްޔާއިން މިކަން މަނާކޮށްފައިވެއެވެ. އަދި އޭގެފަހުން އެމޭޒަންގެ ރެޕްރެޒެންޓޭޓިވްސްގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ޓިކްޓޮކް އެޕް ގެންގުޅުމަށް ވަނީ ހުއްދަދީފައެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ޓިކް ޓޮކް ބޭނުންކުރާ ޒުވާނުން އެކަމަށް އެނދުކެނޑި ހައްދުފަހަނަޅާ ދާތީ ބައެއް ގައުމުތަކުގައި މިހާރުވަނީ ގައުމީ ފެންވަރުގެ ބޮޑު މައްސަލައަކަށް އެކަން ވެފައެވެ. އަދި ޗައިނާއިން އުފައްދާފައިވާ މި އެޕް މެދުވެރިކޮށް ސިއްރު މައުލޫމާތުތައް ހޯދައި ޖާސޫސު ކުރާކަމަށް ތުހުމަތުކޮށް އަވަށްޓެރި އިންޑިއާއިން ވަނީ ނިމިދިޔަ ޖޫން މަހުގެތެރޭގައި ޓިކްޓޮކް އެޕް އެގައުމުގައި މުޅިން މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން