ލ. މާވަށަށް އުދަ އަރާފައި. (ފޮޓޯ: ސޯޝަލް މީޑިއާ)
ލ. މާވަށަށް އުދަ އަރާފައި. (ފޮޓޯ: ސޯޝަލް މީޑިއާ)
ލ. މާވަށަށް އުދައަރާ އެރަށުގެ ގޭގައަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނީ، ލ. މާވަށަށް އުދަ އެރުމާ ގުޅިގެން އެރަށުގެ ބައެއް ސަރަޙައްދުގެ މަގުތަކާއި އަދި ރަށުތެރޭ ބައެއް ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ޙަރަކާތްތެރިވަމުން ގެންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖެއާ ދުރުން އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ކުރިއަށް އޮތް ތިން ދުވަހުވެސް ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިކަމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އާރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވާނެކަމަށް ބެލެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.



ރާއްޖޭގެ މޫސުން ގޯސްވެފައިވާ އިރު، އައްޑޫ ސިޓީގެ ބޮޑު ސަރަައްދަކަށް އިއްޔެވެސް ވަނީ އުދަ އަރާފައެވެ. އުދައިގެ އަސަރުކޮށް، ތަކެއްޗަށާއި މީހުން އުޅޭ ގޯތި ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ، މަރަދޫ އާއި ހަންކެޑަ ގުޅޭ ސަރަހައްދުން ވަނީ ވަރަށް ބޮޑަށް އުދަ އަރައިފައެވެ. މީސް މީޑިއާގައި ދަނީ އައްޑޫ ސިޓީ އަށް އުދަ އަރަމުންދާ މަންޒަރުގެ ވީޑިއޯތައް ދައުރު ވަމުންނެވެ.

އައްޑޫއަށް އުދަ އަރަން ފަށާފައިވަނީ އިއްޔެ ހެނދުނު 8:00 ޖަހާކަށް ހާއިރުއެވެ. އެކަމާ ގުޅިގެން މަރަދޫ އާއި ހަންކެޑަ ގުޅޭ ސަރަހައްދުން ލިންކު ރޯޑުން ދަތުރު ކުރަން އުނދަގޫ ހާލަތަށް ވަނީ ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން