ޗައިނާ ސަފީރު އެހީގެ ތަކެތި ހަވާލު ކުރައްވަނީ
ޗައިނާ ސަފީރު އެހީގެ ތަކެތި ހަވާލު ކުރައްވަނީ
ކޯވިޑް-19 އާއި ގުޅިގެން ޗައިނާގެ ޔުނާން ޕްރޮވިންސްގެ ސަރުކާރުން ދިވެހިރާއްޖެ ވެދިން ދީލަތި އެހިއަށް ސަރުކާރުން ޝުކުރު އަދާކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޗައިނާއިން ދިވެހިރާއްޖެއަށް ދޭ އެހީގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއައީ މިއަދުގެ ވަގުތެއްގައެވެ. ސަރުކާރުގެ ފަރާތުން މިއެހީ އާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ޗައިނާ ސަރުކާރުން ދިން ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ މިއީ ރޯގާބަލިމަޑުކަން ފެތުރެމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް ވަރަށް މުހިންމު އަދި ނުހަނު ބޭނުންތެރި އެހީއެއްކަމަށެވެ. އަދި މިއީ މި ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ޗައިނާއިން ދިވެހިރާއްޖެއާއިކުގައި ތިބިކަން ރަމްޒުކޮށްދޭ އެހީއެއްކަން ވެސް ސަރުކާރުން ފާހަގަކޮށްފައި ވެއެވެ.



"މިއީ ފަރުބަދަތަކާއި ކަނޑުތައް ހުރަސްކޮށް އޮތް އެކުވެރި ކަމުގެ ރަމްޒެއް." ޝާހިދު ވިދާޅުވެފައި ވެއެވެ.

މިއެހީ ސަރުކާރާއި ހަވާލު ކުރެއްވުމަށްފަހު ޗައިނާގެ ސަފީރު ޒަން ލިއޮން ވިދާޅުވީ މިއީ ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ތަކުގައި އެހީތެރިވުމުގެ ގޮތުންނާއި، ދިވެހި ރައްޔިތުން ޗައިނާއާއިމެދު ބަހައްޓާ އޯގާތެރިކަމާއި ކުރާ ތާއީދާއި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމާއި އެކުވެރިކަމަށްޓަކާ ޔުނާން ޕްރޮވިންސްގެ ސަރުކާރުން ވެދިން އެހީއެއް ކަމަށެވެ. މިއެހީގައި ހިމެނެނީ އެކި ބާވަތުގެ މާސްކާއި ޕްރޮޓެކްޓިވް ކްލޯތްސްއާއި ގޮގުލް ފަދަ ކޮރޯނާ ވައިރަސްއާއި ގުޅިގެން ޞިއްޙީ ދާއިރާއިން ކުރަމުން ގެންދާ މަސައްކަތްތަކަަށް ބޭނުންވާ އާލާތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން