ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު
ރާއްޖެއިން ފުރިފަހުން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވި އިޓަލީ ދެމީހުންގެ ނަތީޖާ ލިބުނުއިރު އެދެމީހުން ތިބީ ރަށަށް ދިއުމުގެ ދަތުރުމަތީގައި ބޯޓުގައިކަން ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާއި ގުޅިގެން މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެދެމީހުންނަކީ މިމަހުގެ 13 ވަނަ ދުވަހު ރިޕޯޓް ކުރި އައިލެންޑް ސަފާރީން ޕޮޒިޓިވްވި ދެމީހުންނާ ކޮންޓެކްޓް ވެގެން ކަރަންޓީންގައި ތިބި ދެމީހުންނެވެ.

މިއަދު ޕޮޒިޓިވް ވި ދެމީހުން ފުރާފައިވަނީ މިއަދު މެންދު 11:05 ގައި އޮތް އެއިރޯފްލޮޓް އެސް ޔޫ 321 ، ފްލައިޓުންނެވެ. އެމީހުން ދަތުރު ކުރަމުންދާ ފްލައިޓަކީ މޮސްކޯގައި ޓްރާންސިޓް ކުރުމަށްފަހު ރޯމަށް ދާ ފްލައިޓެކެވެ. އެ ފްލައިޓަށް ރޯމަށް ދެވޭނީ މާދަމާގެ ވަގުތެއްގައެވެ. 13 ވަނަ ދުވަހު ރިޕޯޓް ކުރި އައިލެންޑް ސަފާރީން ބަލީގެ އަލާމަތްތައް ފެނުނު ދެމީހުންގެ ސާމްޕަލް ނެގީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ސާމްޕަލް ނެގި ދެމީހުން ޕޮޒިޓިވް ވިކަން ހާމަކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މަބުރޫކް މިރޭ ވިދާޅުވީ އެ ދެމީހުންނާ ބައްދަލުވި، ސަފާރީގައި ތިބި މީހުން ފުރީ ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް ފަހުގައެވެ. ސަރުކާރުން ބަލާ ގޮތުން އެމީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވީ މިއަދަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޓެސްޓްގެ ނަތީޖާ ނުލިބެނީސް އެމީހުން ރާއްޖެއިން ފުރުވާލީ ކީއްވެތޯ ދެންނެވުމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވިދާޅުވީ ކަރަންޓީންގެ 14 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ނުފެންނަ ނަމަ ބައްޔަށް ޓެސްޓް ކުރުމަކީ އާންމުކޮށް ގެންގުޅޭ އުސޫލެއް ނޫނެވެ. ނަމަވެސް މިފަހަރު އެމީހުންގެ ސާމްޕަލް ނެގީ ރާއްޖެއިން ކުރާ ދިރާސާއެއްގެ ބޭނުމުގައި ކަމަށެވެ. މިގޮތަށް ދިމާވުމުން އިތުރަށް ހަރުދަނާކޮށް އަޅަންޖެހޭ ފިޔަވަޅުތަކާއިމެދު ވިސްނާނެ ކަމުގައިވެސް މައިމޫނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އައިލެންޑް ސަފާރީގައި ތިބި މީހުން މިއަދު ރާއްޖެއިން ފުރީ ރާއްޖޭގައި ތިބި އިޓަލީ ވިލާތުގެ ރައްޔިތުން ގެންދިއުމަށްޓަކާ އިޓަލީ ސަރުކާރުން ބޭއްވި ޚާއްޞަ ފްލައިޓެއްގައި ކަމަށެވެ.

ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ އެދެމީހުން ބައްޔަށް ޕޮޒިޓިވްކަން ބޯޓަށާއި އެމީހުންދާ ޤައުމުތަކަށްވެސް މިހާރު ވާނީ އަންގަވާފައި ކަމަށެވެ. އަދި އެމީހުންނާ ގުޅިގެން ބަލަން ޖެހޭ އެހެނިހެން ކަންކަން ވެސް ބަލަމުން ދާނެ ކަމުގައި ވިދާޅުވިއެވެ.

އިޓަލީ ސަރުކާރުން އިންތިޒާމުކޮށްގެން ޚާއްޞަ ފްލައިޓެއް މިއަދު ބާއްވާފައިވާއިރު ރާއްޖޭގެ ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެފައިވަނީ އެކި ފަރާތްތަކުން ބާއްވާ ޗާޓަރ ފްލައިޓްތައް ބޭއްވުމަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


19

ސަލީމާ

29-Mar-2020

ކިހާބޮޑު އިހުމާލެއް



ޓްރެންޑިން