ފޯޅަވަހި މައްސަލާގައި އިޓޮލޮސްގެ ނިންމުމާއެކު ރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލިފައިވާ ބައި ހޯދުމުގެ މަސައްކަތް ޤާސިމް އިބްރާހީމްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފަށާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފިއެވެ.
ޤާސިމް މިގޮތަށް ވަޢދުވެވަޑައިގެންފައިވަނީ ރޭ އިފްތިތާޙުކޮށް ޢާންމުކުރި "ޤާސިމް އަމީން 2023" މެނިފެސްޓޯގައެވެ. މެނިފެސްޓޯގެ ރާއްޖޭގެ ސަރަޙައްދާއި މިނިވަންކަން ޙިމާޔަތްކުރުން ހިމެނޭ ބައިގާ މިދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ވަޢުދުތަކެއް ވެވަޑައިގެންފައި ވެއެވެ.
އޭގެތެރޭގައި ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމައި ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމާ ގުޅޭ މުހިންމު ކަންކަން ހިމެނެއެވެ. މީގެތެރެއިން ގިނަ ކަންކަމަކީ މިހާތަނަށް އެއްވެސް މިންވަރަކަށް އެއްވެސް ސަރުކާރަކުން ކުރައްވާފައިނުވާ ކަންކަމެވެ.
ބޭރުގެ އެއްވެސް ފަރާތެއްގެ އަސްކަރީބޭހެއް ރާއްޖޭގައި ޤާއިމުކުރުމުގެ ފުރުސަތު ނުދެއްވުމަކީ ޤާސިމްގެ ވަޢުދެކެވެ.
އަސްކަރިއްޔާ ހަރުދަނާކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެތެރެއިން، ރާއްޖޭގެ ސަރަޙައްދު ވައިގެމަގުން ބެލެހެއްޓުމަށާއި އިމެޖެންސީ ޙާލަތްތަކުގައި ޚިދުމަތްދެވޭނެ މިންވަރުގެ އެއަރފޯސްއެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ދިވެހި ނޭވީއެއް އުފައްދާނެކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެޑްވާންސް ޓެކްނޮލަޖީގެ އެހީގައި ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ބެލެހެއްޓުމާއި، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ޤައުމީ ޖާސޫސީ އިދާރާއެއް ޤާއިމުކޮށް އިންޓެލިޖަންސް ހޯދުމުގެ ޤާބިލުކަން އިތުރުކުރައްވާނެ ކަމަށްވެސް ޤާސިމް ވަޢުދުވެވަޑައިގެންފައިވެއެވެ. އަދި ސިފައިންނާއި ފުލުހުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމާއި އިންޓެލިޖެންސާ ބެހޭ ޤާނޫނެއް ތަޢާރަފްކުރުންވެސް ހިމެނެއެވެ.
ޤައުމާއި ރައްޔިތުންނަށް ގެއްލުންދޭން އެތެރެއިންނާއި ބޭރުން ރާވާ ޓެރަރިސްޓު ޙަމަލާތައް ދުރާލައި ދެނެގަނެ ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް ޤާސިމްގެ ވަޢުދެކެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަލިފާންނިއްވާ ނިޒާމު ޤާއިމުކުރުމާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުންފަދަ މުހިންމު އެތައްކަމެއް ޤާސިމް އަމީން 2023 މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު