ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ގެއަކަށް އެންމެ ދަށްވެގެން 25 އެމްބީޕީއެސް ސްޕީޑްގެ އިންޓަނެޓު ދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފިއެވެ.
ޤާސިމް އަމީން 2023، މެނިފެސްޓޯގެ ވަޢުދުތަކުގެތެރެއިން މިވަޢުދު ހިމެނެނީ ސްމާޓް ރާއްޖެ، ހިމެނޭ ބައިގައެވެ. ޤާސިމް ވިދާޅުވެފައިވަނީ އެމަނިކުފާނުވެ ވެރިކަމުގައި ގޭބިސީތަކަށް އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ހަައްދަވާނެކަމަށެވެ. އަދި ކޮންމެ ގޭބިސީއަކަށް ދަށްވެގެން 25 އެމްބީޕީއެސް ސްޕީޑުގެ އިންޓަނެޓު ލިބޭގޮތް ހައްދަވާނެކަމަށެވެ.
މީގެއިތުރުން ސްމާޓް ރާއްޖެ ސިޔާސަތުގެދަށުން ޤައުމީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ނިޒާމެއް ޤާއިމުކޮށް ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސްކުރުމާއި މިނިޒާމުގެ ތެރެއިން ސަރުކާރުގެ ޚަރަދުތައް ކުޑަކުރައްވާނެ ކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސްކޫލަކާއި މަތީ ތަޢުލީމުދޭ ތަންތަނުގައި ބޭނުންކުރެވޭނެ "ޤައުމީ ޒަމާނީ އީ-ލާރނިންގ ސިސްޓަމެއް" ޤާއިމުކުރައްވާނެ ކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްއާއި ބިގްޑޭޓާގެ އެހީގައި ސަރުކާރުގެ ނިންމުންތައް ނިންމޭނެ ނިޒާމެއް ޤާއިމުކޮށް އަލުން ސައިންސް އެންޑް ޓެކްނޮލަޖީއަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޤާސިމްގެ ސްމާޓް ރާއްޖެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށްވެސް މުހިންމު ވަޢުދުތައް ވެވަޑައިގެންފައި ވެއެވެ.
އެގޮތުން ތިމާވެށި ޙިމާޔަތްކުރުމާއި ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއަކުން ރައްކާތެރިވެ ތިބުމަށް ބޭނުންވާ ނެޝަނަލް ސްޕެޝަލް ޕްލޭނިން ޤާނޫނެއް ތަޢާރަފްކުރެއްވުން ހިމެނެއެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ޖުމުލަ ހަކަތައިގެ 30 އިންސައްތައަކީ ޢިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް ހަކަތައަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށްވެސް ވަޢުދުވެވަޑައިގެންފައިވެއެވެ.
5 އަހަރުދުވަހުގެތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ ދެމެހެއްޓެނިވި ހަކަތައަށް ހައްދަވާނެކަމަށާ، ރާއްޖެއަށް އެތެރެކުރާ ޕްލާސްޓިކްގެ މިންވަރު 5 އަހަރުދުވަހުގެތެރޭގައި 30 އިންސައްތައަށް މަދުކުރައްވާނެކަމަށްވެސް ޤާސިމް ވަޢުދުވެވަޑައިގެންފައިވެއެވެ. އަދި ރާއްޖޭގެ ކަނޑުގެ އަޑިން ޢިއާދަކުރަނިވި ހަކަތަ ހޯދައި މިދާއިރާގެ ޓެކްނޮލަޖީގައި ސަރަޙައްދީ ލީޑަރަކަށް ރާއްޖެ ހައްދަވާނެ ކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ވެށްޓަށް ކުރިމަތިވަމުންދާ ގެއްލުންތަކާމެދުވެސް ޤާސިމްގެ މެނިފެސްޓޯގައި މުހިންމު ކަންތައްތަކެއް ހިމަނުއްވާފައިވެއެވެ. އެގޮތުން ފަރުތައް މިހާރު ހަލާކުވެފައިވާ ރަށްރަށުގައި މުރަކަ އިންދައި އާލާކުރުމުގެ ޚާއްސަ މަޝްރޫޢެއް ހިންގަވާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. މީގެއިތުރުން ޖަޒީރާ ޤައުމުތަކުގެ މުރަކައާއި ފަޅުތަކުގެ ވެށި ދިރާސާކުރާ "ބައިނަލްއަޤުވާމީ ރިސާޗް އިންސްޓިޓީއުޓެއް" ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޤާއިމުކުރައްވާނެ ކަމަށްވެސް ޤާސިމްވަނީ ވަޢުދުވެވަޑައިގެންފައެވެ.
ޤާސިމްގެ ވެރިކަމެއްގައި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ ދަށުގައި ހިފެހެއްޓުމަށް ކުދި ޖަޒީރާ ޤައުމުތަކާއެކު ބައިނަލްއަޤުވާމީ މަސްރަޙުގައި މަސައްކަތްކުރާ އެންމެ އިސްޤައުމަށް ރާއްޖެ ޥާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު