ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވެރިކަމުގައި ރާއްޖޭގައި 5 ޓާޝަރީ ހޮސްޕިޓަލާއި ކްރޫޒް ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފިއެވެ.
ޓާޝަރީ ހޮސްޕޓަކީ މަތީ ފަންތީގެ ސުޕަރ ސުޕެޝަލައިޒް ސިއްޙީ ޚިދުމަތް ލިބޭ ފެންވަރުގެ ހޮސްޕިޓަލެވެ. ކްރޫޒް ހޮސްޕިޓަލަކީ ކްރޫޒް ފެންވަރުގެ ހޮސްޕިޓަލް ބޯޓެކެވެ. އެއީ ރާއްޖެފަދަ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް މުހިންމު ޚިދުމަތެއްކަމަށް ޤާސިމް ދެކެވަޑައިގަންނަވައެވެ.
ހޮސްޕިޓަލް ޝިޕް، ނުވަތަ ކްރޫޒް ހޮސްޕިޓަލްތައް ދޭތެރެދޭތެރެއިން ރާއްޖެއަށްވެސް އާދެއެވެ. އެގޮތުން 2013ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޗައިނާގެ މެޑިކަލް ޝިޕް "އާކް ޕީސް" ރާއްޖެއައެވެ. ސިއްޙީ ހިދްމަތަށް އެދި އައްޑޫން އެކަނިވެސް 200އަށް ވުރެ ގިނަ މީހުން އެޝިޕަށް ޒިޔާރަތްކުރިއެވެ.
ޤާސިމްގެ ވަޢުދަކީ މިފަދަ ފެންވަރު ރަނގަޅު ދިވެހި ކްރޫޒް ހޮސްޕިޓަލެއް އުފައްދައި ދިވެހިންގެ ޚިދުމަތަށް ނެރުމެވެ.
މީގެ އިތުރުންވެސް ސިއްޙީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ޤާސިމްގެ ރިޔާސީ މެނިފެސްޓޯ "ޤާސިމް އަމީން2023" ގައި މުހިންމު ގިނަ ވަޢުދުތަކެއް ހިމަނުއްވާފައިވެއެވެ.
އެގޮތުން ދިވެހި ރައްޔިތުންގެ ސިއްޙީ އިންޝުއަރެންސް ނިޒާމު އާސަންދަ ހަރުދަނާކޮށް ދެމެހެއްޓެނި ގޮތެއްގައި ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ކަނޑައަޅުއްވާފައިވެއެވެ. އާސަންދައަކީ ހަމަހަމަ، ކޮރަޕްޝަނެއް ނެތް، އިސްރާފުން އެއްކިބާވެފައިވާ ނިޒާމަކަށް ހެއްދެވުމަކީ ޤާސިމްގެ ވަޢުދެކެވެ. އަދި ބޭސްފަރުވާއަށް ކޮންމެހެން ބޭރަށް ދާންޖެހޭ ބަލިމީހުންނަށާއި ބަލި މީހާގެ އެހީތެރިޔާއަށް ބޭރަށް ދިއުމާއި ތިބުމާއި ކެއުމާއި ބޭސްވަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން އާސަންދައިގެތެރެއިން ހަމަޖައްސައިދެއްވުމަކީ ޤާސިމްގެ ރިޔާސީ ވައުދެކެވެ.
މީގެއިތުރުން ފެންވަރު ރަގަޅު ފަރުވާ ރާއްޖެއިން ލިބޭނޭގޮތް ހަމަޖެއްސުމަށާއި ބޭސްފަރުވާއަށް ދިވެހިން ބޭރަށް ދިއުން މަދުކުރުމަށްޓަކައި ރާއްޖޭގެ 2 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ 2 ހޮސްޕިޓަލްގެ ޚިދުމަތް ޤާސިމްގެ ވެރިކަމުގެ ފުރަތަމަ 2 އަހަރުދުވަހުގެތެރޭގައި ނިންމައި ޚިދުމަތް ދޭން ފަށާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ.
މިއާއެކު ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގެ 7 ސަރަހައްދެއްގައި 7 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކޮށް ނިންމާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައިވެއެވެ.
މިހާރު ދިމާވެފައިވާ ބައެއް ދަތިތައް ހައްލުކޮށްދެއްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރެއިން ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދެއްކުމަށް ހޭދަވާ މުއްދަތު ކުރުކޮށް ގިނަވެގެން 7 ދުވަހުގެތެރޭގައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް ޤާސިމް ވިދާޅުވެއެވެ.
ރައްޔިތުންނަކީ ދުޅަހެޔޮ، އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އަޅާ، ސިއްޙީގޮތުން ހޭލުންތެރިބަޔަކަށް ހެއްދެވުމަކީ ޤާސިމްގެ އަމާޒެކެވެ. އެގޮތުން ޢުމުރުން 50 އަހަރުން މަތީގެ ކޮންމެ މީހަކު އަހަރަކު 1 ފަހަރު ހަދަންޖެހޭ ހެލްތު ސްކްރީނިންގ ތަޢާރަފްކުރައްވަން ވަނީ ނިންމަވާފައެވެ. އަދި ޢުމުރުން 40 އަހަރުން މަތީގެ ކޮންމެ އަންހެނަކު އަހަރަކު އެއްފަހަރު ހަދަންޖެހޭ ޚާއްސަ ސަރވިކަލް އަދި އުރަމަތީގެ ސްކްރީނިންގ އެއް ތަޢާރަފުކުރައްވަންވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޢުމުރުން 40 އަހަރުން މަތީގެ ކޮންމެ ފިރިހެނަކު އަހަރަކު އެއްފަހަރު ހަދަންޖެހޭ ޚާއްސަ ޕްރޮސްޓްރޭޓް ސްކްރީނިންގ އެއްވެސް ވަނީ ތަޢާރަފްކުރައްވަން ނިންމަވާފައެވެ.
މީގެއިތުރުން ޕެރަމެޑިކްސްއާއި އެމްބިއުލާންސްގެ ޤައުމީ ވިއުގައެއް ޤާއިމުކުރެއްވުމާއި ނަފްސާނީ ފަރުވާގެ ޔަޤީންކަން މުޅި ރާއްޖޭގައި ކަށަވަރުކުރެއްވުމާއި ތެލްސީމީފަދަ ބަލިތަކުގެ ފަރުވާއާއި ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުވެސް ޤާސިމްގެ މިދާއިރާގެ ވައުދުތަކުގެތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު