ފިލިތެޔޮ ރިސޯޓާއި، ރެސިޑެންޓްސް މޯލްޑިވްސް ދިގުރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފިލިތެޔޮ ރިސޯޓާއި، ރެސިޑެންޓްސް މޯލްޑިވްސް ދިގުރަށް މޮނިޓަރިންގައި އޮތީ ތިން ދިވެހިންނާއި ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ތަކެއްނ ފެނިގެން އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރާތީއެވެ.
އެމީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 އަށް 853 ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު އޭގެތެރެއިން ޕޮޒިޓިވް ވެފައިވަނީ 16 ސާމްޕަލެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި މިހާތަނަށް 9 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. މީގެތެތެރެއިން ދެމީހަކު ޕޮޒިޓިވްކަން އެނގުނީ އެމީހުން ރާއްޖެއިން ފުރިފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު