އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާންމުންގެ ތެރޭގައި ފުރަތަމަ ފަހަރަށް މާސްކް އަޅުއްވައިފިއެވެ. ވޯލްޓަރ ރީޑް މިލިޓްރީ ހޮސްޕިޓަލަށް ރައީސް ޒިޔާރަށް ކުރެއްވީ އަނިޔާ ލިބިފައިވާ ސިފައިނަށްށާއި ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނާއި ބައްދަލް ކުރެއްވުމަށެވެ.

ވައިޓް ހައުސްއިން ނިކުންނަވަމުން ރައީސް ވިދާޅުވީ އޭނާ އެއްވެސް އިރެއްގައި މާސްކާއި ދެކޮޅު ނޫންކަމަށާއި އަދި ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ ކަމެވެ. އެހެން ނަމަވެސް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ ދުވަހަކުވެސް މާސްކް ނާޅުއްވާނެ ކަމަށެވެ. އަދި ޓްރަމްޕް ވަނީ އޭނާގެ ވާދަވެރިޔާ، ޖޯ ބައިޑެން މާސްކް އެޅުއްވުމުން އޭނާ އަށް މަލާމާތް ކުރައްވާފައެވެ.

ނަމަވެސް، ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ހާއްސަކޮށް ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކް އެޅުން މުހިންމު ވާނެކަމަށެވެ. އެއީ ޒަހަމްވެފައިވާ ސިފައިންނާއި މުއާމަލާތު ކުރަންޖެހޭނެތީކަމަށްވެސް ޓުރަމްޕްވިދާޅުވިއެވެ. މާސްކާއިމެދު ރައީސް ޓްރަމްޕު ގެންގުޅުއްވާ ޚިޔާލާއި ފިކުރު ބަދަލުވީ ހޮނިހިރު ދުވަހު އެމެރިކާގައި 66،528 މީހުން ކޮވިޑް19އަށް ފައްސިވުމުންނެވެ. މިއީ އެއްދުވަހާ އެއްމެގިނަ މީހުން އެމެރިކާގައި ބައްޔަށް ފައްސިވި ދުވަހެވެ.

މިދިޔަ ހަފްތާގައި ފޮކްސް ބިޒްނަސްއާއި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެވައިވަނީ އޭނާ ވެސް މާސްކަށް ތާއިދު ކުރައްވާ ކަމަށެވެ. މާސްކް އެޅުމަކީ ވަރަށް ކަމުދާކަމެއް ކަމުގައި ފޮކްސް ނިއުސްފައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ނަމަވެސް، އޭޕްރިލް މަހުގައި އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން މާސްކް އެޅުމަށް ނޫނީ ފޮތި ކޮޅަކުން ނޭފަތާއި އަނގަ ނިވާ ކުރުމަށް އިރުޟާދު ދިނުމުން ޓްރަމްޕް ވިދާޅުވީ އެއިރުޝާދަށް އޭނާ ބޯނުލަބާނެކަމަށެވެ. އެހެނަސް މިހާރު ޓްރަމްޕަށް މާސްކް އެޅުން ވެފައިވަނީ ވަރަށް ކަމުދާ ކަމަކަށެވެ.

އެމެރިކާގައި އެންމެފަހުން މާސްކް އަޅަން އަމުރު ކޮށްފައިވަނީ ލޫޒިއޭނާގައެވެ. ގަވަރްނަރ ޖޯން ބެލް އެޑްވަޑް އަމުރުކުރައްވާފައިވަނީ ބާރ ތަކާއި ރެސްޓޯރަންޓްތައް އަލުން ބަންދު ކުރުމަށެވެ. މިފެށޭ ހޯމަ ދުވަހުން ފެށިގެން ލޫޒިއޭނާގައި މިގޮތަށް އަމަލު ކުރަންފަށާނެއެވެ. އެޑްވާރޑް ވިދާޅުވެފައިވަނީ މާސްކް އަޅަން މަޖްބޫރު ކުރުމުން އޭނާ ދެކެ ހިތްހަމަ ނުޖެހުނަސް އޭނާއަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން