ފުރާނަ އަތްމައްޗަށް ލައިގެން އާއިލާއާއި ދުރުގައި ތިބެ ރެއާއި ދުވާލު ޚިދުމަތް ކުރަމުންދާ ޞިއްޙީ ދާއިރާގެ ޚިދުމަތް ތެރިންނަކީ ސިޔާސީ މީހުން ތަޅާ ބޯޅައަކަށް ހައްދަވާނަމަ އެދެވެނީ ވަރަށް ނުބައި މެސެޖެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކޫ (ރީކޯ) ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއަގައި މިހާރުގެ ޤައުމުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ މިހާރު މިވަގުތަށް އެންމެ މުހިންމު ކަމަކަށް ވާންވާނީ ޤައުމަށާއި މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުން އަރައިގަނެ ތިމާއާއި ތިމާގެ އާއިލާއާއި ތިމާގެ އަޚުންނާއި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެން އެކުވެރިވެ މަސައްކަތް ކުރުން ކަމަށެވެ. މިކަމުގައި އެއްވެސް ބަޔަކު، ޞިއްޙީ ދާއިރާގެ އެންމެ ރިސްކީ މަސައްކަތް ކުރައްވާ ޤައުމީ ޚިދުމަތްތެރިން އެކުރައްވާ މަސައްކަތުން ގޯސްހޯދައި އެމަސައްކަތަށް ހުރަސް އަޅައި ކުރިމަރަން މަސައްކަތް ކުރާނަމަ އެއީ މުޅި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކުރެވޭ ޖެއްސުމަކަށް ނޫނީ ނުވާނެ ކަމުގައި މޫސަ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މިހާރު ބައެއް ނޫސްވެރިން ނޫސްވެރިކަމުގެ ފޭރާމުގައި ތިބެ ސިޔާސީ މީހުންގެ އަޅުންގެ ގޮތުގައި ނުކުމެ މިފަދަ ހައްސާސް މައްސަލަ ތަކުގައި ސިޔާސީކޮށް ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީން ކަތިލަން މަސައްކަތް ކުރާ މަންޒަރު ފެންނަމުން ދާކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ބައްލަވާ މިހާރު އެކުރައްވާ ކަމެއް. ބައެއް ނޫސްވެރިން އެދަނީ ސިޔާސީ މީހުން ދެއްވާ ސުވާލުތައް ހިފައިގެން.. އެތާތިބެ ކުރާކަމަކީ ކަމާ ނުވެސްގުޅޭ ބޭކާރު ސުވާލުކުރުން. މީ އެހާލަތެއްނޫން. މީ އެއަށްވުރެ މާ ހައްސާސް ދަނޑިވަޅެއް. މީ އެންމެން އެކީ ޤައުމީ މަސައްކަތަށް ނުކުންނަންވީ ވަގުތު." ނޫސްވެރިންނާއި ސިޔާސީ މީހުންނަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވިއެވެ.
އަދިވެސް މޫސަ ވިދާޅުވީ އިޓަލީ ވިލާތުގެ ދެމީހުން ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައި ފުރައިގެން ދިޔަފަހުން ބައްޔަށް ޕޮޒިޓިވްވި މައްސަލަ ވަރަށް ސާފު ކަމަށާއި އެތާކު ސިއްޙީ މަސައްކަތް ތެރީންގެ އެއްވެސް އިހުމާލެއް ނެތްކަމަށެވެ. އެކަމުން ދޭހަވެ އެނގި ސާބިތުވެގެން ދިޔައީ ދިވެހި ޞިއްޙީ މަސައްކަތް ތެރިންގެ ޤާބިލުކަމާއި ދުރުވިސްނުން ހުރި މިންވަރު ކަމުގައި މޫސަ ވިދާޅުވިއެވެ. ވުމާއެކު މިދަނޑިވަޅުގައި އެފަރާތްތަކަށް ޝުކުރު އަދާކޮށް ސިޔާސީ މީހުންވެސް އިދިކޮޅު ތާޖު އެއްފަރާތްކޮށް ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ އެންމެން ސަރުކާރާއެކު އެކުރައްވާ ބުރަ މަސައްކަތުގައި އެއްބާރުލުން ދެއްވުމަކީ މިވަގުތަށް ޤައުމަށާއި މުޅި ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވެސް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު