ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މިހާރު ފަތުރުވެރިކަން ނެތް ހދ.އަތޮޅުގައި މަދުވެގެން 5 ރިސޯޓު ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ހދ.ހިރިމަރަދޫގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ މިއީ އިޚްލާސްތެރިކަމާއެކު ދައްކަވާ ވާހަކަފުޅެއްކަމަށެވެ. އެއްވެސް ޙާލެއްގައި މިއީ ހުސް ވާހަކައެއް ނޫންކަމަށާ، މިކަން ޢަމަލީގޮތުން ފެނިގެންދާނެކަމަށެވެ.

ރާއްޖެދުއް އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ރާއްޖެއަށް ފަތުރުވެރިކަން މުޅިން އަލަށް ތަޢާރަފްކުރެއްވި އެއް ބާނީ ޤާސިމް އިބްރާހީމްގެ އިޤްތިޞާދީ ސިޔާސަތުގެތެރޭގައި ވެރިކަމުގެ ފަސް އަހަރުދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރައްވަން ވަނީ ކަނޑައަޅުއްވާފައެވެ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ދައުލަތުގެ އިސްރާފު ކުޑަކުރުމާއެކު ރާއްޖޭގައި މިވަގުތު ފަތުުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމެވެ. އޭގެތެރެއިން ހދ.އަތޮޅަކީ އެއް ސަރަޙައްދެވެ.

ފަތުރުވެރިކަމުން ލިބޭ ޢާމްދަނީ މުޅި ޤައުމަށް ސީދާ ބެހިގެންދާނެގޮތަކަށް އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލައްވާފައިވާކަމަށް ޤާސިމްވަނީ ވިދާޅުވެފައެވެ.

ހދ.އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ޤާސިމްވަނީ އެއަތޮޅަށް ތަރައްޤީއާއި ފުދުންތެރިކަން ގެނެވޭނެ މުހިންމު އެކިސިޔާސަތުތައް ހާމަކުރައްވާފައެވެ. އެގޮތުން ހދ.ހަނިމާދޫ އެއަރޕޯޓަކީ ދިވެހިންގެ މުސްތަޤިއްލު އަމިއްލަ އިންޓަނޭޝަނަލް އެއަރޕޯޓެއްގެގޮތުގައި ތަރައްޤީކުރައްވައި ބައިނަލްއަޤުވާމީ ފްލައިޓްތައް އެއެއަރޕޯޓަށް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން