ތިން ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ނިސްބަތް ދެގުނައިތުރުވެ އެމެރިކާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.
ސީއެންބީސީ އިން ބުނީ އެމެރިކާގައި ކޯވިޑް-19 އަށް ޕޮޒިޓީވް ވީ މީހުންގެ އަދަދު ހުސްވި އަންގާރަ ދުވަހު ހުރީ 50 ހާހުގައި ކަމަށެވެ. ތިން ދުވަހުގެ ތެރޭގައި އެމެރިކާގައި ޕޮޒިޓިވް ވި މީހުންގެ އަދަދު ތިން ގުނައަށް އިތުރުވުމާ ގުޅިގެން ބައްޔަށް ޓެސްޓް ކުރުން ކުރިއަށްވުރެ ހަރުދަނާކޮށް ޓެސްޓު ކުރާ މިންވަރު އިތުރުކޮށްފައިވާ ކަމަށް ސީއެންބީސީން ރިޕޯޓްކޮށްފައި ވެއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސީޓީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ އަދަދު މިހާރުވަނީ 101707 އަށް އަރާފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1544 އަށް އަރާފައެވެ. ޗައިނާގެ ވުހާން ޕްރޮވިންސުން ހުސްވި ޑިސެންބަރު މަހުގެ ތެރޭގައި ފެނުނު މިބަލި މިހާރު ދުނިޔޭގެ ހުރިހާ ޤައުމުތަކަކަށް ފެތުރިފައިވާއިރު ދުނިޔެއިން ބައްޔަށް ޕޮޒީޓިވް ވި މީހުންގެ އަދަދު މިހާރުވަނީ ބައި މިލިއަނަށް އަރާފައެވެ. މިކަމާގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވެސް ވަނީ ބަލި ކޮންޓޮރޯލް ކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ހަރުދަނާކޮށް ހަލުއި ކުރުމަށް ގޮވާލާފައެވެ.
އެޖަމިއްޔާއިން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ސަތޭކަ ހާހަށް އެރީ ބަލި ފެތުރެން ފެށިތާ 67 ދުވަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ދެވަނަ ސަތޭކަ ހާހަށް އިތުރުވުމަށް ނެގީ 11 ދުވަސްކަމަށާއި ދުއިސއްތަ ހާހުން ތިންސަތޭކަ ހާހަށް އަރަން ނެގީ އެންމެ ހަތަރު ދުވަސް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުނެފައިވެއެވެ.
މިހާރު އެމެރިކާ ވެގެން ގޮސްފައިވަނީ ދުނިޔޭގައި ކޯވިޑް-19 އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ ޤައުމުގެ ގޮތުގައެވެ. ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި އެމެރިކާ މިހާލަތަށް ދިޔައީ ފަރުވާ ކުޑަކުރުމާއި އަޅާނުލުމާއި ޓެސްޓް ކުރުމަށް ފަރުވާ ކުޑަކުރުމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި މިހާރުވަނީ ހޮސްޕިޓަލްތައް ފުރި ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތެރިންވެސް މަދުވެފައެވެ. އަދި ވެންޓިލޭޓަރ ފަދަ މުހިންމު އާލާތްތައް މަދުވެ ފަރުވާދޭން ދަތިވެފަފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު