އަހުމަދު އިބްރާހިމް   23 އޯގަސްޓު 2023 - 12:59
ރާއްޖޭގެ އުތުރުން ހދ. އަތޮޅާއި ށ. އަތޮޅަށްފަހު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް މިއަދު ނ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ހދ.އަތޮޅާއި ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. މިރަށްރަށުގައި ބޭއްވި އެކިއެކި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑަގެން ޤާސިމްވަނީ މުހިންމު ގިނަ ވާހަލަފުޅުތައް ދައްކަވާފައެވެ.

އެގޮތުން އެސަރަޙައްދުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަން ކުރައްވާނެކަމުގެ ވަޢުދުވެވަޑައިގެންފައިވެއެވެ. އެންމެ މުހިންމު ކަންކަމަށް ބަލާއިރު، ޤާސިމް ވަނީ އުތުރު ސަޜަހައްދުގައި މިހާރުގެ ޙާލަތަށް ބަލާއިރު، ރާއްޖެއިން ބޭރުގެ ސިފައިން ޤާއިމުވެތިބޭ ތިބުން ކުށްވެރިކުރައްވައި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ނިމުމަކަށް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމުވެ ތިބުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

އަދި ޖޭޕީގެ ސަރުކާރެއްގައި ހދ.ހަނިމާދޫ އެއަރޕޯޓު އިންޑިއާގެ އަތުން އަތުލައި ދިވެހިންގެ އަމިއްލަ އިންޓަނޭޝަނަލް އެއަރޕޯޓެއްގެގޮތުގައި ތަރައްޤީކުރައްވާނެކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ. މީހެ އިތުރުން ޖޭޕީގެ ވެރިކަމެއްގައި 5 އަހަރުދުވަހުގެތެރޭގައި މަދުވެގެން 5 ރިސޯޓު ހދ.އަތޮޅުގައި ތަރައްޤީކުރައްވާނެ ކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ.

ޤާސިމް މިއަދު ނ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އެއަތޮޅު ހެނބަދުއަށެވެ. އޭގެފަހުން ކެނދިކުޅަދޫ، މާޅެންދޫ، ލަންދޫ، އަދި މާފަރަށް ޤާސިމް ވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން