ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަކީ ހިޔާބޮޑު ގަހެއްފަދަ ބޭފުޅެއްކަމަށާ، އެމަނިކުފާނުގެ އެހީތެރިކަން ނުލިބޭ އެއްވެސް ރަށެއް ރާއްޖޭގައި ނެތްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޑރ. ވަޙީދު ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހީމަށް ތާޢީދުކުރައްވައި އެމަނިކުފާނުގެ ކެމްޕެއިންގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ. ސިޔާސީ އިސްލާޙީ މަސައްކަތުގައި ޤާސިމާއެކު ވަރަށްކުރިއްސުރެ މަސައްކަތް ކުރައްވަމުން ވަޑައިގެންނެވިކަމަށް ޑރ.ވަޙީދު ވިދާޅުވެއެވެ. އަދި ރާއްޖެ މިއަދު މިދެކޭ ޒަމާނީ އިސްލާޙީ އެންމެހައި ބަދަލެއް ގެނައުމަށް ޤާސިމް ވަރަށްބޮޑު ހޭދައެއް ކުރައްވައި ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ޑރ. ވަޙިދު ވިދާޅުވެފައި ވެއެވެ.
އެގޮތުން ޤާސިމްގެ ރިޔާސީ ކެމްޕެއިންގައި އއ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ޑރ.ވަޙީދު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އއ.މާޅޮހުގައި ވާހަކަފުޅުދައްކަވަމުން ޑރ.ވަޙީދުވަނީ މި ވޭތުވެދިޔަ މާޒީގައި ޤާސިމް ކުރައްވާފައިވާ ސިޔާސީ އިސްލާޙީ މަސައްކަތްޕުޅުތަކާއި ރައްޔިތުންނަށް ވެދެއްވާފައިވާ އެހީގެމައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން ޤާސިމްގެ އެހީތެރިކަން އެއަތޮޅަކަށް އެންމެބޮޑަށް ލިބުނު އެއް އަތޮޅަކީ އަރިއަތޮޅުކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ. އެހެންކަމުން އަރިއަތޮޅު އުތުރުބުރިއާއި ދެކުނު ބުރީގެ ރަށްރަށަށް ނިސްބަތްވާ އެއްވެސް މީހަކަށް ޤާސިމްގެ މި ޚިދުމަތްތަކަކީ އިތުރު ތަފްސީލަކަށްވެސް ބޭނުންވާނެ އެއްޗެއް ނޫންކަމަށް ޑރ.ވަޙީދު ވިދާޅުވިއެވެ.
ޑރ.ވަޙީދު ވިދާޅުވީ 1989ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ޤާސިމް އިބްރާހީމާއެކު ސިޔާސީ އިސްލާޙީ މަސައްކަތުގައި މަސައްކަތްކުރައްވަމުން ގެންދެވި ކަމަށެވެ. އެހެންކަމުން ޤާސިމަކީ އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅެއްކަމަށް ވިދާޅުވިއެވެ.
އެންމެބޮޑަށް ފާހަގަކުރެވުނު ކަމަކީ ޤާސިމްގެ ދީލަތިކަމާއި މީހުންނަށް އެހީވުމަށް ދެއްވާ އިސްކަންކަމުގައި ޑރ.ވަޙީދު ވިދާޅުވިއެވެ. އެގޮތުން ޤާސިމްގެ އެހީތެރިކަން ކޮންމެވެސް ސިފައެއްގައި ނުލިބޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށް ވިދާޅުވިއެވެ.
ދައުލަތަށް ޚިދުމަތް ކުރުމަށް ޤާސިމަށް ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި ރައްޔިތުންނަށް އުފާފާގަތިކަން ލިބޭނެ މުހިންމު މަސައްކަތްތައް ކުރައްވާފައިވާކަން ޑރ.ވަޙީދު ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ދައުލަތުގެ ބަޖެޓު ބޮޑުކޮށްދެއްވައި، އިންގިލާބީ އިގްތިސާދީ ބަދަލުތަކެއް ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޤާސިމްކަން ޑރ.ވަޙީދު ފާހަގަކުރެއްވިއެވެ.
2005 ވަނަ އަހަރު ޤާސިމް ރާއްޖޭގެ ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު 30 މިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު، 9.3 ބިލިއަން ރުފިޔާއަށް މަތިކޮށްދެއްވިކަން ފާހަގަކުރައްވައި އެއީ ދަތި އުނދަގޫ މަރުޙަލާއެއްގައި ޤާސިމް އެޅުއްވި މުހިންމު ހަރުދަނާ ފިޔަވަޅެއްގެގޮތުގައި ޑރ.ވަޙީދު ސިފަކުރެއްވިއެވެ.
ޤާސިމަކީ އަމިއްލަ މިންނެތް މަސައްކަތުން ތަނަވަސްކަމާއި މުއްސަނދިކަން ޙާސިލްކުރައްވާފައިވާ ބޭފުޅެއްކަމަށާ، އެހެންކަމުން ދައުލަތުގެ ފައިސާއެއްގައި ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ޑރ.ވަޙީދު ވިދާޅުވިއެވެ. އަދި ޤާސިމަކީ އެއަށްވުރެ އިޚްލާސްތެރި ބޭފުޅެއްކަން އެމަނިކުފާނުގެ ދީލަތިކަމާއި ހެޔޮފޯރުވުމުން ދައްކަވާފައިވާ ބޭފުޅެއްކަން ޑރ. ވަހީދު ފާހަގަކުރެއްވިއެވެ. މިފަދަ އެތައް ސަބަބުތަކަކަށްޓަކައި ޤާސިމަށްވުރެ އަންނަ ރިޔާސީ އިންތިޚާބުގައި އިންތިޚާބުކުރުން އައުލާކަންބޮޑު އެހެން ކެންޑިޑޭޓެއް ނެތްކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު