ޕީްރޮފެސަރ އުގައިލް
ޕީްރޮފެސަރ އުގައިލް
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އަޅާކިޔާއިރުވެސް ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން އަޅަމުން ގެންދަނީ ވަރަށް ވެސް ހަރުދަނާ ފިޔަވަޅުތަކެއް ކަމުގައި ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައި ޕްރޮފެސަރ އުގައިލް ވިދާޅުވީ މުޅީ ދުނިޔޭގައި ހަލުއިކަމާއެކު ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ޤައުމުގެ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅު ތަކުގެ ތެރޭގައި ބައެއް ރައްޔިތުން ނުރުހޭ ކަންކަންވެސް ހުންނާނެ ކަމަށެވެ.

"އެކަމަކު މިއީ ކެތްތެރިކަމާއެކު ހާލަތު ބަދަލު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ސަރުކާރުން މިހާލަތުގައި އަޅާ ފިޔަވަޅުތަކާ ނުރުހުނަސް މިވަގުތު ސަރުކާރުން، ކަމާބެހޭ ފަރާތްތަކުން އަަންގާ އެންގުންތަކަށް ބޯލަނބައިގެން ނޫނީ ބޭނުންވާ ނަތީޖާއަށް ވާސިލެއް ނުވެވޭނެ." އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ތިއްބެވީ ވަރަށް ޤާބިލު ބޭފުޅުން ކަމަށެވެ. ޢިލްމާއި ހިލްމު ލިބިވަޑައިގެން ތިއްބެވި އެފަރާތްތަކުން އެދެއްވާ އިރުޝާދުތަކަށް ބޯ ލެނބުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި އުގައިލް ވިދާޅުވިއެވެ.

"މާތް ﷲ ގެ ރަޙުމަތާއެކު ކޯވިޑް-19 ފެތުރުނަ ނުދީ ވީހާވެސް ގެެއްލުން ކުޑަކުރުމަށް ސަރުކާރާއި ޞިއްޙީ ދާއިރާއިން ގުޅިގެން އެކުރާ މަސައްކަތް ކާމިޔާބުވާނެ." ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރާއި މި ބަލި ފެތުރިގެން ހިންގައްޖެ ނަމަ ކުރިމަތިލާންޖެހޭނެ ގެއްލުމާއި ހިތްދަތިކަން އިހުސާސް ކުރައްވަމުން، ދިވެހި ރައްޔިތުންނަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވަމުން އުގައިލް ވިދާޅުވިއެވެ.

"މިހާތަނަށް ރާއްޖެއިން ފެނިގެން ގޮސްފައި އެވަނީވެސް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ. ރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމެއްގައި ކުރަމުން އެދާ މަސައްކަތް ވަރަށް ފުރިހަމަ." ސަރުކާރާއި ޞިއްޙީ ދާއިރާގެ މަސައްކަތްތަކަށް ތަޢުރީފު ކުރައްވަމުން ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން