އެކިއެކި ނަންނަމުގައި ދީނާ ޚިލާފު ފިކުރުތަކާއި ފަލްސަފާތައް ފަތުރައިގެން ނުވާނެކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިލްޔާސް ޙުސައިން މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލަށް ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ޕެނަލްގައި އިންނަވައިގެން ދެއްކެވި ވާހަކައިގައި އިބްރާ ވަނީ، އިސްލާމް ދީނުގައި ހިލާފު ހުރި ކަންތައްތައް ސުކޫލު ތެރެއަށް ވައްދާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެކަމަށް ރައްދު ދެއްވަމުން ޝައިޚް އިލްޔާސް ޙުސައިން ވަނީ، މަދުރަސާތަކުގައި ދީނުގެ ނަމުގައި ފިތުނަ އުފައްދައިގެން ނުވާނެކަން ރައްޔިތުންނަށް ދެންނެވުނު ފަދައިން އެކިއެކި ނަން ނަމުގައި ދީނާއި ޚިލާފު އަދި ދީނާއި ބީރައްޓެހި ފިކުރުތަކާއި ފަލްސަފާތައް ފަތުރައިގެން ނުވާނެކަން ނުދެންނެވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
"މީތޯ ތިޔަ ވިދާޅުވާ އިސްލާޙު؟" އިބްރާގެ ވާހަކަތަކާމެދު ނުރުހުން ފާޅު ކުރަށްވަމުން ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިބްރާ ވިދާޅުވީ އުމުރުން 13 ނުވަތަ 14 އަހަރުގެ ކުދިންނަށް "މި ހަދީސްގައި އޮތީ މިހެންތޯ. އެހަދީސްގައި އޮތީ އެހެންތޯ،" އެބައިބައި ނޭނގޭނެ ކަމަށެވެ. އެއަށްވުރެ ބޮޑަށް ކިޔަވައިދޭންވީ އިސްލާމީ އުސޫލުތަކަށް އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމާއި އަދި ވާޖިބުތައް އަދާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު މުޤައްރަރު އޮތްގޮތުން ގްރޭޑް 10 ނިމޭއިރު ފިގުހު އިލްމުވެރިއަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެކޮޅުންވެސް ހައްދު ފަހަނާއަޅާ ދިއުން އޮންނަ ކަންކަން ސުލޫތަކަށް ނުވައްދަން އިލްތިމާސްކޮށް އިބްރާ ވިދާޅުވީ އެއްކޮޅުން ދީނޭ ކިޔައިގެން އެކި ވާހަކަ ދައްކާއިރު އަނެއްކޮޅުން ދީނަކީ އެއްޗެއް ނޫން ކަމަށް ބުނަމުން ދާ ކަމަށާއި، އެއަށް ކުދިން ހުށަނޭޅޭނެ ގޮތަކަށް ދަރިވަރުންނަށް ކިޔައިދިނުމަށް ގާނޫނުގައި ލިޔަން ޖެހިއްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އިބްރާގެ ވާހަކަތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް އެބައްދަލުވުމަށް ދިޔަ އާންމުންގެ މީހަކު ބުނީ އެއްވެސް ގޮތަކަށް އިބްރާ ދެއްކި ވާހަކައަށް ތާއީދު ނުކުރާ ކަމަށެވެ. ފުރަތަމަ ކިޔަވަން ފަށާއިރުވެސް އިސްލާމް ދީނަކީ ކޮން އެއްޗެއްކަން އެނގެން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ބިލު މަޖިލީހަށް ހުށަހެޅުއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ، ބިލުގައިވެސް ސުކޫލުތަކުގެ ކުދިންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ގުރުއާން އުގަންނައިދޭން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. މި ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ދަނީ ދިރާސާ ކުރަމުންނެވެ

Madhurasathakugai dheenuge namugai fithuna
— Ilyas Hussain (@shkilyas) July 13, 2020
ufadhdhaigen nuvanekan rayyithunnah dhennevunu fadhain ekieki nan namugai dheenai khilafu adhi beerattehi fikuruthakai falsafa ves fathuraigen nuvanekan nu dhennevee keeveba? meethoa thiya vidhalhuva islahu ?
"މީތޯ ތިޔަ ވިދާޅުވާ އިސްލާޙު؟" އިބްރާގެ ވާހަކަތަކާމެދު ނުރުހުން ފާޅު ކުރަށްވަމުން ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިބްރާ ވިދާޅުވީ އުމުރުން 13 ނުވަތަ 14 އަހަރުގެ ކުދިންނަށް "މި ހަދީސްގައި އޮތީ މިހެންތޯ. އެހަދީސްގައި އޮތީ އެހެންތޯ،" އެބައިބައި ނޭނގޭނެ ކަމަށެވެ. އެއަށްވުރެ ބޮޑަށް ކިޔަވައިދޭންވީ އިސްލާމީ އުސޫލުތަކަށް އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމާއި އަދި ވާޖިބުތައް އަދާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު މުޤައްރަރު އޮތްގޮތުން ގްރޭޑް 10 ނިމޭއިރު ފިގުހު އިލްމުވެރިއަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެކޮޅުންވެސް ހައްދު ފަހަނާއަޅާ ދިއުން އޮންނަ ކަންކަން ސުލޫތަކަށް ނުވައްދަން އިލްތިމާސްކޮށް އިބްރާ ވިދާޅުވީ އެއްކޮޅުން ދީނޭ ކިޔައިގެން އެކި ވާހަކަ ދައްކާއިރު އަނެއްކޮޅުން ދީނަކީ އެއްޗެއް ނޫން ކަމަށް ބުނަމުން ދާ ކަމަށާއި، އެއަށް ކުދިން ހުށަނޭޅޭނެ ގޮތަކަށް ދަރިވަރުންނަށް ކިޔައިދިނުމަށް ގާނޫނުގައި ލިޔަން ޖެހިއްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ތަޢުލީމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމުގައި އަލްފާޟިލް އިބްރާހިމް އިސްމާއިލް ވާހަކަދައްކަވަނީ pic.twitter.com/uqHLTfr9yq
— People's Majlis (@mvpeoplesmajlis) July 12, 2020
އިބްރާގެ ވާހަކަތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް އެބައްދަލުވުމަށް ދިޔަ އާންމުންގެ މީހަކު ބުނީ އެއްވެސް ގޮތަކަށް އިބްރާ ދެއްކި ވާހަކައަށް ތާއީދު ނުކުރާ ކަމަށެވެ. ފުރަތަމަ ކިޔަވަން ފަށާއިރުވެސް އިސްލާމް ދީނަކީ ކޮން އެއްޗެއްކަން އެނގެން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ބިލު މަޖިލީހަށް ހުށަހެޅުއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ، ބިލުގައިވެސް ސުކޫލުތަކުގެ ކުދިންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ގުރުއާން އުގަންނައިދޭން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. މި ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ދަނީ ދިރާސާ ކުރަމުންނެވެ
ކިޔުންތެރިންގެ ހިޔާލު