ޕިއްޒާ އެކްސްޕްރެސް އިން ކުރިއަށްގެންދިޔަ ޚާއްޞަ ގިވްއަވޭގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިގިވްއަވޭއަކީ ޕިއްޒާ އެކްސްޕްރެސްގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކުރިއަށްދިޔަ ފޯރިގަދަ ގިވްއަވޭއެކެވެ. އެތައްބައެއްގެ ތަރުހީބު ލިބިގެން ކުރިއަށްދިޔަ މި ގިވްއަވޭގެ ނަސީބުވެރިޔާހޮވައި، ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި އައިފޯން 14 އެއް ވަނީ އެނަސީބުވެރިޔާއަށް ހަދިޔާކޮށްފައެވެ.

ޕިއްޒާ އެކްސްޕްރެސް އިން މިފަދަ ހަރަކާތެއް ހިންގާފައިވަނީ ޕިއްޒާ އެކްސްޕްރެސްގެ ވަފާތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް، މި ބްރޭންޑް ގިނަ ބަޔަކަށް ތައާރަފް ކޮށް ޕިއްޒާ އެކްސްޕްރެސް ތަޖުރިބާކޮށްލުމަށް ގިނަބަޔަކަށް ފުރުސަތު ދިނުމުގެ އުއްމީދުގައެވެ.

އެގޮތުން ޕިއްޒާ އެކްސްޕްރެސްގެ މިފަހަރުގެ ޚާއްޞަ ގިވްއަވޭގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހައްވާ ޝިފާޒާއެވެ. ޕިއްޒާ އެކްސްޕްރެސް އިން މިހާރު ވަނީ ގިވްއަވޭގެ ނަސީބުވެރިއަކަށް ހޮވުނު ފަރާތަށް ޚާއްޞަކުރެވިފައިވާ ހަދިޔާވެސް ހަވާލުކޮށްފައެވެ.

ޕިއްޒާ އެކްސްޕްރެސްގެ ގިވްއަވޭގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކޮށް، މިފަދަ ތަފާތު ޚާއްޞަ ހަރަކާތްތައް ކަސްޓަމަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ރާވަމުންދާކަން ޕިއްޒާ އެކްސްޕްރެސް އިން ބުނެއެވެ. އަދި މިފަދަ ޚާއްޞަ ހަރަކާތްތަކުގެ މައުލޫމާތު ޕިއްޒާ އެކްސްޕްރެސްގެ ސޯޝަލް މީޑިއާ ޗެނަލްތަކުން އާންމުކުރާނެކަންވެސް ޕިއްޒާ އެކްސްޕްރެސްއިން ހާމަކޮށްފައިވެއެވެ.

ވަރަށް ޚާއްޞަ ތަފާތުތަކާއެކު ދިވެހިންނަށް އެންމެ ކަމުދާ ރަހަތައް ގެނެސްދިނުމަށް ތައާރަފްކުރި ޕިއްޒާ އެކްސްޕްރެސްގެ އަޖުމަ ބަލާލުމަށް މިހާރު އަދި މާފަސޭހައެވެ. މާލެ އާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕިއްޒާ އެކްސްޕްރެސްގެ އައުޓްލެޓްތަކުން ޕިއްޒާއެއްގެ ރަހަބަލާލުމާއެކު އެނގިގެންދަނީ މި ޕިއްޒާގެ ކޮލިޓީ ދެމެހެއްޓުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ދިވެހިންގެ ރަހަތަކާއިވެސް ގުޅޭކަމެވެ.

ޕިއްޒާ އެކްސްޕްރެސްގެ މެނޫއަކީ ދިވެހިންގެ ރަހަތަކާއި ގުޅޭ، އަދި ޕިއްޒާގެ ރަހަތައް ވުޖޫދަށް ގެނެސްދިން އިޓަލީ ވިލާތުގެ ރަހަތަކުން ފުރިހަމަވެފައިވާ ބައިނަލްއަގުވާމީ ފެންވަރަށް ތައްޔާރުކުރެވޭ އެކި ޕިއްޒާގެ ރަހަތައް ހިމެނޭ މެނޫއެކެވެ. ޕިއްޒާ އެކްސްޕްރެސްގެ މައިގަނޑު އަމާޒަކީ ގޭގައި ހަމަޖެހިލައިގެންތިބެ، ދިވެހިންނަށް ކަމުދާނެ ފަދަ ރަހަތަކުގެ ޕިއްޒާއިން ސުފުރާމަތި ފަޅުފިލުވާލަދިނުމެވެ. އެގޮތުން އަބަދު އެއްރަހަތަކެއް ބެލުމުގެ ބަދަލުގައި، އާ މެނޫ އަކާއެކު، މީރު ރަހަތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ބޭނުންނަމަ ޕިއްޒާ އެކްސްޕްރެސްގެ ޕިއްޒާއެއް ރަހަބަލާލުމުން ހިތްފުރޭނެކަން ޔަގީނެވެ.

ޕިއްޒާ އެކްސްޕްރެސް ޕިއްޒާ މާލެ އާއި ހުޅުމާލެއިން އޯޑަރުކޮށްލުމަށް ނަމްބަރު، 7211717 އަދި 7291717 އަށް ގުޅާލުމުގެ އިތުރަށް ޕިއްޒާ އެކްސްޕްރެސްގެ ވެބްސައިޓްވެސް ހިޔާރުކޮށްލެވޭނެއެވެ. ޕިއްޒާ އޯޑަރުކޮށްލުމާއެކު، ކަސްޓަމަރާއި ހަމައަށް ޕިއްޒާ ޑެލިވަރ ވަންދެން ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ޕިއްޒާގެ ޑެލިވަރީ އަޕްޑޭޓްވެސް ލިބެމުންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން