ޔޫއޭއީގައި ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެ ގައުމުން އިއުލާންކުރި ނަމަވެސް، މިހާތަނަށް ލިބިފައިވާ ނަމަކީ ދިވެހިންނަށް ކިޔާ ޒާތުގެ ނަމެއް ނޫން ކަމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ރާއްޖެއަށް ފޮނުއްވި ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ނަމެއް ކަމަށެވެ. އެހެންކަމުން މަބްރޫކް ވިދާޅުވީ ޔޫއޭއީން ޕޮޒިޓިވް ވި ކަމަށް އެބުނާ މީހާއަކީ ދިވެއްސެއް ނޫން ކަމަށް ބެލެވޭ ކަމުގައި ބަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވިކަން ޔަގީންވެފައި ވަނީ އެންމެ ދިވެއްސެކެވެ.

ކިޔުންތެރިންގެ ހިޔާލު