ތާޖް އެގްޒޯޓިކާ ރިސޯޓު
ތާޖް އެގްޒޯޓިކާ ރިސޯޓު
ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެހިން ފެނިގެން އާކް ނޯބަލް ސަފާރީ އާއި ތާޖް އެގްޒޯޓިކާ ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ދިވެއްސެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން އާކް ނޯބަލް ސަފާރީ މޮނީޓަރިންގެ ހާލަތައް ގެންދިވެފައި ވާކަމަށާއި، އަދި ތާޖް އެގްޒޮޓިކާ ރިސޯޓުވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތައް ގެނެވިފައި ކަމަށެވެ.

އާކް ނޯބަލް ސަފާރީ އޮތީ ރާއްޖޭގެ ކިހާ ހިސާބެއްގައި ކަމެއް މަބްރޫކު ވިދާޅުވެފައެއް ނުވެއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ފައްސި ވެފައިވަނީ 16 މީހެކެވެ. އޭގެ ތެރެއިން މިއަދާއި ހަމައަށް 11 މީހަކު ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ތިން މީހަކަށް ކަމަށް ކަމަށް ސަރުކާރުން ބުނެއެވެ. ރާއްއިން ފުރިފަހުން ޕޮޒިޓިވް ވިކަން އެގުނު އިޓަލީ ދެމީހުން މިހާރު ތިބީ ރަޝިއާގައި ކަރަންޓީނުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން